1444 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ 20 އެޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 20:45ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައިކަމަށެވެ. މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިޢުލާންކުރާއިރު ޓީވީ/ ރޭޑިއޯއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖުންވެސް ލައިވްކުރާނެއެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.
ބޭރުގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މަޢުލޫމާތު ޙިއްސާކުރައްވާނީ ފޮރިން މިނިސްޓްރީންނެވެ.
ދުނިޔޭގައި ހަދާ އެންމެ ރަނގަޅު ހިސާބުތަކަށް ބަލައިގެން ތައްޔާރުކުރާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރުދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު