މިދިޔަ 4 އަހަރު އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު މަސައްކަތްކުރެއްވީ ޕީޕީއެމާއެކުކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިރޭ ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމަށް އެ ގޮނޑި ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން ފެކްޝަނުން މަސައްކަތްކޮށްދިންކަމުގެ ވާާހަކަތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ޕީޕީއެމް/ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު، މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފް ވަނީ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން އިންތިހާބު ކާމިޔާބުކުރުމަށް ޕީޕީއެމަށް އެހީތެރިވެދިންކަމަށް ވިދާޅުވެ އެކަމަށް ޝުކުރު އަދާކުރަށްވާފައެވެ.
މިކަމާގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އާދަމް ޝަރީފްގެ ޝުކުރުން އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު ކުރެއްވި މަސައްކަތް ސާފުވެއްޖެކަމަށެވެ. އަދި އާދަމް ޝަރީފް ފިކުރެއްގެ ދިރުމާއި މުހައްމަދު ނަޝީދަށް އަދާކުރެއްވި ޝުކުރުގެ ފަހަތުގައި ވަރަށް ގިނަ ސިއްރު އެކުލެވިގެންވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރު ސައިޒުކުރުމަށް އިދިކޮޅުން ވޭތުވެދިޔަ 4 އަހަރު ކުރި މަސައްކަތުގައި ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އަދާކުރެއްވި ރޯލު ސާފުވެއްޖެ ކަމަށެވެ.
ރައީސް ނަޝީދު ޕީޕީއެމަށް އެހީތެރިވިކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ދޮގުކުރަށްވާފައެވެ. އަދި ޕީޕީއެމުން މިހާތަނަށް އެމްޑީޕީ ފެކްޝަނަކާ އެކީ އިންތިހާބެއް ކާމިޔާބުކުރަން މަސައްކަތް ކޮށްފައެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

@Adamshareefz FIkureggeDhirun aa @MohamedNasheed adhaa kurevvi shukuruge fahathuga varahgina sirru ekulevigenvey.Adhi sarukaaru sizekurumah Idhikolhun veythuve dhiya 4aharu kuri masakkathakathuga RN @MDPSecretariat ge Raeesge magaamu ga hunna ai gen adhaa kurevvi role saafu vejje
— Ibrahim Shareef (@AdduShareef) April 17, 2023
ރައީސް ނަޝީދު ޕީޕީއެމަށް އެހީތެރިވިކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ދޮގުކުރަށްވާފައެވެ. އަދި ޕީޕީއެމުން މިހާތަނަށް އެމްޑީޕީ ފެކްޝަނަކާ އެކީ އިންތިހާބެއް ކާމިޔާބުކުރަން މަސައްކަތް ކޮށްފައެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު