ރާއްޖޭގެ ބައެއް ދީނީ އިލްމްވެރިން ދައްކަވާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިސްލާމްދީނާއި މެދު ނަފުރަތު އުފެދެމުންދާ ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެެއްޖެއެެވެ.
ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ "އެންމެ މާތް މައްސަރު" މިނަމުގައި މައުމޫން ފައުންޑޭޝަންގެ ފަރާތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް، މައުމޫން ވިދާޅުވީ ދީނުގެ ނަމުގައި ވާހަކަދައްކަވާ ބޭފުޅުންނަށް ވިދާޅުވެވޭ ބައެއް ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދެމުންދާކަމަށެވެ.
އެގޮތުން އިސްލާމްދީނުގައި އޮންނަ ކިތަންމެ ކުޑަ ކަމެއް ވެސް ބޮޑު ފާފަ އަކަށް ހަދައިގެން ވާހަކަ ދައްކައި އެކަން ކޮށްފިނަމަ ނަރަކައަށް ދާނެ ކަމަށް ބުނެ ބައެއް ދީނީ އިލްމްވެރިން ވާހަކަ ދައްކަމުންދާ ކަމަށް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިލްމްވެރިން ދައްކަވާ އެފަދަ ވާހަކަތަކުގެ ސަބަބުން އާދައިގެ އާންމު ރައްޔިތުންގެ ހިތުގައި ދީނާ މެދު އެހެންކަހަލަ ޝުއޫރުތަކެއް އުފެދި ނަފުރަތު އުފެދޭނެކަމަށެވެ. އެއީ ދީނުގައި އޮންނަ ކުދި ކަންތައްތައް ބޮޑެތި ފާފައަކަށް ހަދައިގެން ވާހަކަ ދައްކާތީ ކަމަށް މައުމޫން ވިދާޅުވިއެވެ.
"މިސާލަކަށް އަންހެނަކު ގައިން އިސްތައްޓެއް ވަކިކުރުމަކީ ވަރަށް ބޮޑު ޙަރާމްކަމެކޭ، ވަރަށް ބޮޑު ފާފައެކޭ ނުވަތަ އެކަން ކޮށްގެން ނުވާނެއޭ ނުވަތަ އެފަދަ ކުދި ކުދި ކަންތައްތަކުގެ ވާހަކަ، އެއީ ކޮންތާކުން އެބޭފުޅުން (އިލްމްވެރިން) ގެންނަވާ ވާހަކަތަކެއް ކަމެއް ނޭގޭ، އެކަހަލަ ވާހަކަ ދެއްކީމަ މިވާގޮތަކީ އާދައިގެ މީހުންގެ ހިތުގައި އިސްލާމްދީނާއި މެދު އެހެން ކަހަލަ ޝުއޫރުތަކެއް އުފެދޭނީ ނަފުރަތު އުފެދޭނީ، އެފަދަ ކުދި ކުދި ކަންތައްތައް ބޮޑެތި ފާފަތަކަށްވާތީ، އެއީކީ ނޫން އަޅުގަނޑުމެން ކަންތައް ކުރަންވީގޮތަކީ." ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ދައުވަތު ފެތުރުމުގައި ދީނީ އިލްމްވެރިންގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަންޖެހޭ ކަމަށެވެ. އެގޮތުން އިލްމްވެރިންގެ މަސައްކަތަކަށް ވާންޖެހޭނީ އިސްލާމްދީނުގެ ލުއިފަސޭހަ ކަމާއި އެދީނުން ލިބޭ ތަނަވަސްކަމާއި ރަޙްމަތާއި ހިތްހަމަޖެހުން މީސްތަކުންނަށް ބަޔާންކޮށްދިނުން ކަމަށް މައުމޫން ވިދާޅުވިއެވެެ.
"އެއްގޮތަކަށް ވެސް ދީނުގައި ހުރި ކުދި ކުދި ކަންތައްތައް ނަގައިގެން މިއީ ވަރަށް ބޮޑު ފާފައެކޭ، މިކަން ކޮށްފިއްޔާ ދާނީ ނަރަކައަށޭ، އެހެން ބުނުމަކީ އަޅުގަނޑު ދެކޭގޮތުގައި އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކޮށްދެއްވާ ބޭފުޅުން ކަންތައްތައް ކުރައްވަންވީ ގޮތެއް ނޫން." މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ދީނީ ތައުލީމް ހާސިލް ކުރެއްވި އަދި ރާއްޖޭގެ އެންމެ ފުންނާބު އުސް ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު