ޖުމްހޫރީ ޕާޓީއަށް މެމްބަރުން ހޯދަނީ މުގު އުކައިގެން ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ އެކްޓިންގ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.
ނަވާޒު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް، އެމަނިކުފާނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވޭނެ އެއްވެސް ފޯމިއުލާއެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވުމުންނެވެ.
ސަމީރު ވިދާޅުވީ ރައީސް ސޯލިހާއި ދެކޮޅަށް ގާސިމް ނުކުންނަވަން ނިންމެވީ، ޕާޓީގެ ތެރޭގައި އަމިއްލަ އެދުމެއްގައި މަސައްކަތްކުރާ ބައެއްގެ ސަބަބުންކަމަށެވެ.
އަދި ޖޭޕީގެ ބައެއް ބޭފުޅުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ރިޔާސީ ރޭހަށް ނެރުވައިގެން، މާލީ މަންފާތަކެއް ހޯއްދަވަންކަމަަށްވެސް ސަމީރު ތުހުމަތުކުރެއްވިއެވެ.
ސަމީރުގެ މި ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ އެކްޓިންގ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ނަވާޒު ވަނީ ރައްދު ދެއްވާފައެވެ.
ނަވާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރަނީ މުގު އުކާ އުސޫލުން ފައިސާ ބަހައިގެން ނޫންކަމަށެވެ. އަދި އެގޮތަށް ކުރި ކަންކަން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ފެނިގެން ހިނގައްޖެ ކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.
ނަވާޒު ވިދާޅުވީ ގާސިމަކީ އަގަށް ބަދަލު ނާންނަ "ކޮންސްޓަންޓް" އެއްކަމަށާއި ނަމަވެސް ދެން ތިއްބެވީ އަގު ބަދަލުވާ "ވޭރިއަބަލްސް" ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީން ކާމިޔާބު ކުރާނެކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.

Baklavas @qasimibrahim geparty ah membarun ithuruvanee mugu ukaigenehnoon.Mugu ukaigen hingi kankan guraidhoo dhaaira ge bielection in fenigen hingahjje. Mulhi Riyaasee inthihaabuge formula ge constant aky leader. Dhen thibeynee variables. Insha Allah mee JP ge faharu. #Qasim2023 pic.twitter.com/NpQK5DNHqz
— Abdullanawaz (@abdullanawa) April 17, 2023
ނަވާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރަނީ މުގު އުކާ އުސޫލުން ފައިސާ ބަހައިގެން ނޫންކަމަށެވެ. އަދި އެގޮތަށް ކުރި ކަންކަން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ފެނިގެން ހިނގައްޖެ ކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.
ނަވާޒު ވިދާޅުވީ ގާސިމަކީ އަގަށް ބަދަލު ނާންނަ "ކޮންސްޓަންޓް" އެއްކަމަށާއި ނަމަވެސް ދެން ތިއްބެވީ އަގު ބަދަލުވާ "ވޭރިއަބަލްސް" ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީން ކާމިޔާބު ކުރާނެކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު