އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުން ޔުނީފޯމާއެކު މޫނު ބުރުގާ އަޅާތީ އެކަން ނުކުރަން އެޑިޔުކޭޝަން މިނިސްޓްރީ އާއި ސްކޫލުން އެންގުމާ ގުޅިގެން އެ އެންގުން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން ހުކުމްކޮށްފިއެވެ.
އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ރެހެންދި ޗޭމްބާސް ލޯފާމުންނެވެ.
އެމައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް މޫނު ބުރުގާ ނަގަން އަންގާފައިވާ ކަމަށެވެ.
ކޯޓުން މިމައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން މޫނު ބުރުގާ އަޅާ ކުދިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގަން އެޑިޔުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެމައްސަލައިގައި އެދިފައިވެއެވެ.
އެކަމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް މިމައްސަލައިގައި އެދިފައިވީ ނަމަވެސް ވަގުތީ އަމުރަށް އެދިފައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ. ދައުވާ ހުށަހެޅި ފަރާތުން ކޯޓަށް މައްސަަލަ ހުށަހެޅީ ދަރިވަރުންގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް މައްސަލައިގައި ބުނާ ދަރިވަރުންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލްކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށްވެސް ކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ދަރިވަރުން މޫނު ބުރުގާ އަޅަނީ ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފަށް ކަމަށްވީ ނަމަވެސް ތައުލީމު ލިބުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައި ނެތްކަން މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ ބަހުން އެނގޭ ކަމަށްވެސް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ ނިންމި އެ ނިއްމުމުގައި ބުނެފައިވެއެވެ.
އަދި ވަގުތީ އަމުރަކަށް އެދިފައި ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް އެ ކުދިންނަށް ލިބޭނެކަން ބަޔާންކޮށް ކަމަށްވާއިރު، އާދައިގެ އިޖުރާއަތްތަކާ އެއްގޮތަށް މައްސަލަ ނިންމި ކަމުގައިވީ ނަމަވެސް ވަގުތީ އަމުރަށް އެދުނު ފަރާތުން ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު