ފަލަކީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފިތުރު އީދު ވާނީ އަންނަ ހުކުރު ދުވަހަށް ކަމަށް ފަލަކީ އިލްމްވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ ޓްވިޓާގައި މީހަކު އެމަނިކުފާނުގެ އަރިހު "އީދު ވާނީ ކޮން ދުވަހަކުތޯ؟" ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ދެެއްވަމުންނެެވެ. ރައީސް މައުމޫނު ވިދާޅުވީ، ފަލަކީ ހިސާބުން ދައްކާގޮތުގައި އީދު ވާނީ ހުކުރު ދުވަހަށް ކަމަށެވެ.
ޓުވީޓާގައި މީހަކު ރައީސް މައުމޫނު އަރިހުން ސުވާލުކުރީ މިފަހަރުގެ އީދު އަންނާނީ ހޮނިހިރު ދުވަހު ކަމަށް ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކާއި ހަވާލާދީ ރިޕޯޓް ކުރަމުންދާތީއެވެ.
މިގޮތުން އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ (އައިއޭސީ) އިން ވަނީ މިފަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ވާނީ އަންނަ ހޮނިހިރު ކަމަށް ލަފާކޮށްފައެވެ.
ރާއްޖޭގެ ހިޖްރީ ކަލަންޑަރުގައި ބުނާގޮތުން ވެސް މިފަހަރުގެ ފިތުރު އީދު ދުވަސް ދިމާވަނީ ހުކުރު ދުވަހާއެެވެ.

Falaki hisaabun dhahkaa gothugai eid vaanee hukuru dhuvahah.
— Maumoon Abdul Gayoom (@maumoonagayoom) April 17, 2023
ޓުވީޓާގައި މީހަކު ރައީސް މައުމޫނު އަރިހުން ސުވާލުކުރީ މިފަހަރުގެ އީދު އަންނާނީ ހޮނިހިރު ދުވަހު ކަމަށް ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކާއި ހަވާލާދީ ރިޕޯޓް ކުރަމުންދާތީއެވެ.
މިގޮތުން އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ (އައިއޭސީ) އިން ވަނީ މިފަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ވާނީ އަންނަ ހޮނިހިރު ކަމަށް ލަފާކޮށްފައެވެ.
ރާއްޖޭގެ ހިޖްރީ ކަލަންޑަރުގައި ބުނާގޮތުން ވެސް މިފަހަރުގެ ފިތުރު އީދު ދުވަސް ދިމާވަނީ ހުކުރު ދުވަހާއެެވެ.
ކިޔުންތެރިންގެ ހިޔާލު