ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ އިރުކޭތައެެއް އަންނަ ބުރާސްފަތި ދުވަހު ދުނިޔެއަށް ފެންނާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނެފިއެވެެ.
އެންމެ ފަހުގެ ހައިބްރިޑް ސޯލާ ނުވަތަ އިރު ކޭތަ ފެންނަނީ ހަމައެކަނި އިންޑިއާ ކަނޑުގެ ދުރު ދެކުނު، އިންޑޮނޭޝިއާ، ހުޅަނގު އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކާއި ދެކުނު ޕެސިފިކުންނެވެ.
އިރުކޭތައިގެ ހަތަރު ވައްތަރެއް ހުންނައިރު ގަރުނެއްގެ ތެރޭގައި މަދު ފަހަރަކު ދިމާވާ ހައިބްރިޑް އިރުކޭތައަކީ އެ ހުރިހާ ކޭތައެއްގެ ތެރެއިން އެންމެ މަދުން ދިމާވާ ކޭތަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
"ރަސްއޮންލައިން" އަށް މިރޭ މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހު ވަރަށް ހެނދުނު ހިފާ އެ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ. އެ އިރުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ ރާއްޖެ ގަޑިން 09:15 އެހާކަންހާއިރު ކަމަށާއި ކޭތަ ނިމޭނެ ކަމަަށް ލަފާކުރެވެނީ މެންދުރު 12 ޖަހާ އެހާކަންހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ އެ ކޭތައިގެ ގަދަ ހިޔަނި ފެންނާނެ ކަމަށް ލަފާކުރެވެނީ ހެނދުނު 07:37 އާއި 10:56 ދެމެދުގެ ވަގުތެެއްގައެވެ.
"އިރުމަތީ އޭޝިޔާއާއި ހުޅަނގު އުތުރު އޮސްޓްރޭލިޔާ އަށް ފެންނަ މި އިރުކޭތަ އަކީ އެނިއުލާ ފުރިހަމަ އިރުކޭތައެއް،" އޮފިޝަލް ވިދާޅުވިއެވެ.
އިރު ކޭތަ ހިފަނީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު، ސީދާ ރޮނގަކަށް ވާ ގޮތަށް އައުމުންނެވެ. އަދި ހަނދުގެ ހިޔަނި ދުނިޔެއަށް އެޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު