މާލޭ ސިޓީގެ މޭޔަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްސަލައެއް ބަލަމުންދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފިއެވެ.
ޕީޕީއެމުން މިހެން ބުނެފައި މިވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށްވުމަށް މުއިއްޒު ކެމްޕެއިން ކުރަމުންދާތީ އޭނާގެ މައްސަލަ ޕީޕީއެމުން ބަލަމުންދާކަމަށް ބުނެ ހަބަރުތަކެއް ފެތުރުމާއި ގުޅިގެނެވެ.
މުއިއްޒުގެ މައްސަލަ ބަލާކަމަށް ބުނެ ވާހަކަދައްކަމުންދަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ތާއީދުކުރާ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. އެ ފަރާތްތަކުން ބުނާގޮތުން އެ މައްސަލަ ބަލަން ޕީޕީއެމަށް ހުށަހެޅީ ރައީސް ޔާމީންގެ އާއިލާއިންނެވެ.
ޕީޕީއެމުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ނާއިބު ރައީސް މުއިއްޒުގެ މައްސަލައެއް ސުލޫކީ ކޮމިޓީން ބަލަމުންދާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށެވެ.
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ތާއީދުކުރާ ސޯޝަލް މީޑިއާ އެކައުންޓްތަކުން ޕީޕީއެމާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާކަމަށް ބުނާއިރު އަދީބުގެ އެމްޓީޑީން ދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރަށް ރިޔާސީ އިންތިހާބުގައި ތާއީދުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އަދި ޖުމްހޫރީ ޕާޓީން ވަނީ ޕީޕީއެމަށްވެސް ކޯލިޝަން މަޝްވަރާއަށް ދައުވަތު ދީފައެވެ. ނަމަވެސް ޕީޕީއެމުން އެ ދައުވަތު ބަލައިގަނެފައެއް ނުވެއެވެ.
ރައީސް ސާލިހާއެކު ކޯލިޝަން ނުހަދައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު ޕީޕީއެމުން ވެސް ވަނީ އެޕާޓީގެ ލީޑަރ ރައީސް ޔާމިން އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ. ޖަލު ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ހުށަހަޅުއްވައިފިނަމަ އެކަން ބަލައިގަތުމުގެ ފުރުސަތުވެސް ބޮޑުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު