ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މިމަހުގެ 28 ވަނަ ދުވަހު ނިންމަން ތާވަލްކޮށްފިއެވެ.
ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް ރާއްޖޭގެ ސަރަހައްދީ އިމުގެ މައްސަލަ ހުށައަޅާފައިވަނީ މޮރިޝަސްއިންނެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން ނިންމާލައިފައިވަނީ މިދިޔަ އަހަރުއެވެ.
އިޓްލޮސްއިން ބުނީ އެ މައްސަލައިގެ ޓްރައިބިއުނަލްގެ ނިންމުން މިމަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވުމަށް ތާވަލްކޮށްފައިވާ ކަމަށެވެ. ހުކުމް އިއްވުމަށް ބާއްވާ މަޖިލިސް ލައިވްކޮށް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެ މައްސަލަ ޓްރައިބިއުނަލްގައި އޮތުމުން ރާއްޖެއިން ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ގިނަ ބަޔެެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެންދިޔައެވެ. އެހެން ނަމަވެސް ސަރުކާރުން ބުނީ ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމި ނަމަވެސް ޓްރައިބިއުނަލްގައި އޮތް މައްސަލައަށް އަސަރު ނުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ބަައެއް ގެއްލިގެން ނުދާނެ ކަމަށެވެ.
ސަރުކާރުން ބުނީ މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކާ ގުޅޭ ގޮތުން ނިންމި ނިންމުމާ މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައަކީ ދެ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު