ރައީސް ޔާމީންގެ މައްސަލައަށް ބަޔަކު ނުފޫޒު ނުފޯރުވާނަމަ އެމަނިކުފާނު މިނިވަންވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވިކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅަކު ދައްކަވާފައިވަނީ ހަގީގަތާއި ހިލާފު، ދޮގު ވާހަކަތަކެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިހެން ބުނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ބޭފުޅުންތަކަކަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި "ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް" ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަފުޅުދެއްކެވިކަމަށް، ޕީޕީއެމްގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ ހަވާލާދީ ނޫހެއްގައި އޮތް ވާހަކައަަކާއި ގުޅިގެނެވެ.
ޕީޖީ އޮފީހުން ބުނީ އެއީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމަކީ، ރައީސް ޔާމީންގެ ޝަރީޢަތުގެ ކަންކަން ހިނގަމުންދާގޮތާބެހޭގޮތުން މަޝްވަރާ ކުރުމަށް، ޕީޕީއެމް/ ޕީއެންސީއިން އެދިވަޑައިގެން ބޭއްވި ބައްދަލުވުމެއްކަމަށެވެ،
މިއަދުގެ ބައްދަލުވުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދޭ ގޮތްކަމަށް ޕީޖީ ވިދާޅުވިކަމަށާއި ނަމަވެސް، މިމައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުންވެސް ލަސްވެފައި އޮތުމުންކަން ޕީޖީ ފާހަގަކުރެއްވިކަމަށް އެ އޮފީހުން ބުނެއެވެ.
މީގެއިތުރުން މި މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ހަމަ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށްވެސް ދެންނެވިކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ. އަދި "ނުފޫޒެއް ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް" ޕީޖީ ވިދާޅުވެފައި ނުވާކަމަށްވެސް އެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
"ސަރުކާރުގެ ނުފޫޒާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ، ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުޢޫރެކެވެ. އެކަމަކީ މިއޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން މިއޮފީހުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ދެންނެވިއެވެ."
ޕީޖީ އޮފީހުން ބުނީ ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީޢަތުން އޮތީ ޙުކުމެއް ކޮށްފައިކަމަށާއި އެ ޙުކުމް، މަތީ މަރްޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެ ޙުކުމަކީ ޞައްޙަ، ޤާނޫނީ ބާރު ލިބިގެންވާ، ޙުކުމެއްކަމަށެވެ.
މިޙާލަތުގައި ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެއްކަމަށާއި ޤައިދީންގެ ޝަކުވާތައް ބަލާ އިދާރާއަކީ ކަރެކްޝަންސް ސަރވިސްކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ޙާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް މި ބައްދަލުވުމުގައި ވާހަކަ ދެކެވުނުކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު