އެމްޑީޕީ ކުރިއަރުވަން އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނަށް ވިއްކަން މާ ފަސޭހަ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ ގުރަައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް ކާމިޔާބުކުރުމާއި ގުޅިގެން އެމްޑީޕީގެ އިސްބޭފުޅުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ އެ ކާމިޔާބީ ވަރަަށް ބޮޑަށް ފާހަގަކުރަމުންނެެވެ. ޚާއްސަކޮށް އެމްޑީޕީ ދެ ފެކްޝަނަކަށް ރަނގަޅަށް ބެހިފައިވާ މި ދަނޑިވަޅުގައި ގުރައިދޫ ދާއިރާގެ ގޮނޑި ނެގުމަކީ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.



އެކަމާ ގުޅިގެން އެކި ބޭފުޅުން ޝުއޫރު ފާޅުކުރަމުންދާ މި ދަނޑިވަޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރަށްވާ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ، އެމްޑީޕީ ކުރިއަރުވަން ރައީސް ސާލިޙު ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނަށް ވިއްކަން މާ ފަސޭހަ ކަމަށެވެ. އަދި ފޮޓޯ ގަނޑާއިއެކު ތަޅުއެޅުވިފައި ހުންނަ ކިތަންމެ ވޯޓެއް އެ ފޮޓޯއާ ނުލާ އެމްޑީޕީގެ ސިޔާސަތަށް ފަސޭހަ ކަމާއެކު އެބަ ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫކޭ މިމޭރުމުން ވާހަކަ ދަައްކަވާފައިވަނީ ރައީސް ސާލިޙާއި އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެން ކަމަށް ވިދާޅުވެ ނަޝީދު ފެކްޝަނަށް ނިސްބަތްވާ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އެމްޑީޕީގައި ރައީސް ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ފައްޓަވާފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބަައި އިލެކްޝަން އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފަައެވެ. އިދިކޮޅު ޕީޕީއެމް މެމްބަރަކު ފުރުއްވަމުން ގެންދެވި އެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވިޔަ ނުދިނުމަށް އެންޓި ކެމްޕޭންކޮށް ނަޝީދު ފެކްޝަނަށް ނިސްބަތްވާ މެމްބަރުން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު އެޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވަނީ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު