އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިހުލާސްތެރިކަމެއް ހުރިނަމަ އެމަނިކުފާނު ހުންނަވާނީ އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިިމް މުޙައްމަދު ސޯލިހްގެ ފަހަތްޕުޅުގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ "އެމްޑީޕީ ޕާޓީއަކަށްވީ އަދި ކިރިޔާ، މީގެކުރިން ވަކި މީހެއްގެ ފަހަތުން އެނބުރުނީ،" މި ސުރުޚީގެ ދަށުން އޭނާ އާއި ހަވާލާދީ "ރަސްއޮންލައިން" ގައި ޝާއިއުކުރި ޚަބަރަކަށް ކުރެއްވި ކޮމެންޓެއްގައެވެ. ރޮޒައިނާގެ ވާހަކަ އާއި ގުޅިގެން ޓުވީޓާގައި މީހަކު ވަނީ އޭނާ "އެނބުރެނީ" ރައީސްގެ ފަހަތްޕުޅުގަައި ކަމަށް ބުނެފައެވެ.
އެމީހާއަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެމްޑީޕީގައި ތިބި ޑިމޮކްރަސީ ދަންނަ މީހުން ތިބޭނީ ރައީސް ސޯލިހްގެ ފަހަތްޕުޅުގައި ކަމަށެވެ. އެއީ ރައީސަކީ އެމްޑީޕީގެ އިސްލީޑަރަށްވެފައި އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ވާތީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"އަންނި (ރައީސް ނަޝީދު)ގެ އިހުލާސްތެރި ކަމެއް ހުރިނަމަ އެބޭފުޅާ ވެސް ހުންނަވާނީ އިބޫ (ރައީސް ސާލިޙު)ގެ ފަހަތުގައި، ވަރަށް ދެރަ އަމިއްލަ އެދުން އެއަށްވުރެ ބޮޑުވެގެން (ނަޝީދު) އެއުޅުއްވަނީ ޕާޓީއަށްވުރެ ތިމާ ބޮޑުވެގެން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް ތާއިދު ނުކުރަށްވައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހިންގަވަން ރައީސް ނަޝީދު ކުރަށްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީން ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ފައިސާ އާއި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ބުނެ ނަޝީދު ފެކްޝަންގެ ބޭފުޅުން ދައްކަވާވާހަކަތަކަށް ރައްދުދެއްވަމުން ރޮޒައިނާ އިއްޔެ ވިދާޅުވީ އެމްޑީޕީ "ކަލްޓަކުން" ޑިމޮކްރެޓިކް ޕާޓީއަކަށް ބަދަލުވީ އަދިކިރިޔާކަމަށެވެ. އަދި ވަކި މީހެއްގެ ފޮޓޯ ވިއްކައިގެން ވޯޓް ހޯދުންވެސް ނިމުމަކަށް އައިސްފިކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ސަރުކާރުގެ ވަސީލަތްތައް މިއަދު ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް، ޕީޕީޕީގެ ނަމަކު ނުބަހާނެކަމަށެވެ.
"އަދި ކިރިޔާ އެމްޑީޕީ ކަލްޓަކުން ޑިމޮކްރެޓިކް ޕާޓީ އަކަށް މި ބަދަލުވީ. ދެން ތިގެންގުޅޭ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިއްސަ މިއޮތީ. ސަރުކާރުގެ ވަސީލަތްތައް މިއަދު ޕީޕީޕީގެ ނަމަކު ނުބަހާނެ. ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންކުރާނީ. ހަޖަމުކޮއްލާ!" ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓު ހޯދާ ޕާޓީއަކަށް އެމްޑީޕީ ބަދަލުކޮށްފިކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުން ރޮޒަައިނާ ވިދާޅުވިއެވެ.

MDPga thibi democracy dhanna meehun thibeynee Ibu fahathuga. Eyee party ge Is leader adhi MDPge riyaasee candidate. Annige ves ihulaastherikameh hurinama ebeyfulha ves hunnavaanee Ibu fahathuga. Sadly amilla edhun eyah vuren bodu vegen eulhuvvanee. Party ah vuren thimaa boduvegen
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 16, 2023
"އަންނި (ރައީސް ނަޝީދު)ގެ އިހުލާސްތެރި ކަމެއް ހުރިނަމަ އެބޭފުޅާ ވެސް ހުންނަވާނީ އިބޫ (ރައީސް ސާލިޙު)ގެ ފަހަތުގައި، ވަރަށް ދެރަ އަމިއްލަ އެދުން އެއަށްވުރެ ބޮޑުވެގެން (ނަޝީދު) އެއުޅުއްވަނީ ޕާޓީއަށްވުރެ ތިމާ ބޮޑުވެގެން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް ތާއިދު ނުކުރަށްވައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހިންގަވަން ރައީސް ނަޝީދު ކުރަށްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީން ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ފައިސާ އާއި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ބުނެ ނަޝީދު ފެކްޝަންގެ ބޭފުޅުން ދައްކަވާވާހަކަތަކަށް ރައްދުދެއްވަމުން ރޮޒައިނާ އިއްޔެ ވިދާޅުވީ އެމްޑީޕީ "ކަލްޓަކުން" ޑިމޮކްރެޓިކް ޕާޓީއަކަށް ބަދަލުވީ އަދިކިރިޔާކަމަށެވެ. އަދި ވަކި މީހެއްގެ ފޮޓޯ ވިއްކައިގެން ވޯޓް ހޯދުންވެސް ނިމުމަކަށް އައިސްފިކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ސަރުކާރުގެ ވަސީލަތްތައް މިއަދު ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް، ޕީޕީޕީގެ ނަމަކު ނުބަހާނެކަމަށެވެ.
"އަދި ކިރިޔާ އެމްޑީޕީ ކަލްޓަކުން ޑިމޮކްރެޓިކް ޕާޓީ އަކަށް މި ބަދަލުވީ. ދެން ތިގެންގުޅޭ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިއްސަ މިއޮތީ. ސަރުކާރުގެ ވަސީލަތްތައް މިއަދު ޕީޕީޕީގެ ނަމަކު ނުބަހާނެ. ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންކުރާނީ. ހަޖަމުކޮއްލާ!" ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓު ހޯދާ ޕާޓީއަކަށް އެމްޑީޕީ ބަދަލުކޮށްފިކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުން ރޮޒަައިނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު