49 އިންސައްތަ ވޯޓާއެކު ރިޔާސީ ނިޒާމުގައި ރައީސްކަމެއް ނުލިބޭނެކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ އެކްޓިންގ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ނަވާޒު ރޮޒޭނާއަށް ރައްދު ދެއްވައިފިއެވެ.
ނަވާޒު މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް ހޯދި ކާމިޔާބީއަކީ މުޅި ރާއްޖެއިންވެސް ރައީސް ސާލިހު ބަލައިގެންފިކަމުގެ އަލިގަދަ ހެއްކެއްކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވަމުންނެވެ. އަދި ރިޔާސީ އިންތިހާބުވެސް ފަސޭހަކަމާއެކު ރައީސް ސާލިހު ކާމިޔާބުކުރައްވާނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
ރޮޒައިނާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ އެކްޓިންގ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ނަވާޒު ވިދާޅުވީ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބުކުރާނެކަމަށް ރޮޒައިނާ ވިދާޅުވާއިރު ގުރައިދޫ ދާއިރާއިން 49 އިންސައްތަވެސް ލިބުނީ ސަރުކާރުގެ ހުރިހާ ކޮޅުވެއްޓިއަކާއި ކްރޭނާއި ތިޖޫރި ގެންގޮސްގެންކަމަށެވެ. ނަމަވެސް ރިޔާސީ ނިޒާމުގައި އޮންނަގޮތުން 49 އިންސައްތައާއެކު ރައީސްކަން ނުލިބޭނެކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.
ސަރުކާރަށް ލިބުނު ކާމިޔާބީ އެމްޑީޕީން ފާހަަގަކުރާއިރު އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރަމުންދަނީ ސަރުކާރުގެ ކެނޑިޑޭޓަށް ދާއިރާގެ އަޣުލަބިއްޔަތު ނުލިބޭކަމެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ 49 އިންސައްތަ ވޯޓުންނެވެ. ރާއްޖޭގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަދުވެގެން 50 ޕަސަންޓާއި އިތުރު އެއް ވޯޓް ބޭނުންވާނެއެވެ. ނަމަވެސް މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުތަކުގައި ވަކި އަދަދެެއްގެ ވޯޓް ހަމަކުރާކަށް ނުޖެހެއެވެ. ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ މީހަކު ހޮވޭނެއެވެ.
ގުރައިދޫ ދާއިރާގެ އިބްތިހާބުގެ ނަތީޖާއަށްފަހު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކާއި އިދިކޮޅު މެންބަރުން އަންނަނީ މިފަދަ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.

Riyaasee inthihaab faseyha in kaamiyaab kuraane kamah vidhaalhu vi iru sarukaaruga huri hurihaa kolhuvettiyakaa crane aa thijoori gen gossgen 49% libuneema riyaasee nizaam ga raeeskan libey gothahtho onnanee. pic.twitter.com/FT8oMCuA7d
— Abdullanawaz (@abdullanawa) April 16, 2023
ރޮޒައިނާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ އެކްޓިންގ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ނަވާޒު ވިދާޅުވީ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބުކުރާނެކަމަށް ރޮޒައިނާ ވިދާޅުވާއިރު ގުރައިދޫ ދާއިރާއިން 49 އިންސައްތަވެސް ލިބުނީ ސަރުކާރުގެ ހުރިހާ ކޮޅުވެއްޓިއަކާއި ކްރޭނާއި ތިޖޫރި ގެންގޮސްގެންކަމަށެވެ. ނަމަވެސް ރިޔާސީ ނިޒާމުގައި އޮންނަގޮތުން 49 އިންސައްތައާއެކު ރައީސްކަން ނުލިބޭނެކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.
ސަރުކާރަށް ލިބުނު ކާމިޔާބީ އެމްޑީޕީން ފާހަަގަކުރާއިރު އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރަމުންދަނީ ސަރުކާރުގެ ކެނޑިޑޭޓަށް ދާއިރާގެ އަޣުލަބިއްޔަތު ނުލިބޭކަމެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ 49 އިންސައްތަ ވޯޓުންނެވެ. ރާއްޖޭގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަދުވެގެން 50 ޕަސަންޓާއި އިތުރު އެއް ވޯޓް ބޭނުންވާނެއެވެ. ނަމަވެސް މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުތަކުގައި ވަކި އަދަދެެއްގެ ވޯޓް ހަމަކުރާކަށް ނުޖެހެއެވެ. ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ މީހަކު ހޮވޭނެއެވެ.
ގުރައިދޫ ދާއިރާގެ އިބްތިހާބުގެ ނަތީޖާއަށްފަހު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކާއި އިދިކޮޅު މެންބަރުން އަންނަނީ މިފަދަ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު