ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތާއީދު ބޮޑުވަނީ މަޑުމައިތިރިކަމާއި އޯގާތެރިކަމުގެ ސަބަބުންކަމަށް މިނިސްޓަރ އެޓް ދަ ޕްރެސިޑެންޓް އޮފީސް، އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ރައީސް ސާލިހު އިސްކޮށް ހުންނަވާ ހިންގެވި ކެމްޕެއިނުން ކާމިޔާބު ކުރެއްވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި މި ކާމިޔާބީން ދައްކުވައިދެނީ ރައީސް ސާލިހަށް އޮތް ތާއީދެވެ. އަދި އިތުރު ލީޑަރުންތަކެއް ކައިރީގައި ނެތަސް، ރައީސް ސާލިހަށް އޮތް ތާއީދު ބޮޑުވަމުންދާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތާއީދު ބޮޑުވަނީ މަޑުމައިތިރިކަމާއި އޯގާތެރިކަމުގެ ސަބަބުންކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން އެކަކަށް އެންމެ ބޮޑު ތާޢީދެއް އޮތް ބޭފުޅަކީ ރައީސް ސާލިހްކަމީ މިއަދުގެ ހަގީގަތްކަމަށް ސަމީރު ވިދާޅުވިއެވެ.

"މަޑުމައިތިރިކަމާއި އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން މިއަދުގެ ޙަޤީޤަތަކީ، ރައްޔިތުންގެ ތެރެއިން އެކަކަށް އެންމެ ބޮޑު ތާޢީދެއް އޮތް ބޭފުޅަކީ ރައީސް ސޯލިހްކަން." ސަމީރު ވިދާޅުވިއެވެ.

ސަމީރުގެ އިތުރުންވެސް ގިނަ ބަޔަކު އަންނަނީ ރައީސް ސާލިހަށް ރާއްޖޭގައި އޮތް ތާއީދުގެ ވާހަކަ ދައްކަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެ ކަމަށްވެސް ސިޔާސީ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު