އެމްޑީޕީގެ ތެރޭގައި އޮތް ދެބަސްވުމެއްގެ ސަބަބުން ސަރުކާރާއި އެމްޑީޕީ ހަލާކުވެގެންދިޔައީކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކުގެ އަސްލެއް ނެތްކަން ހާމަވެއްޖެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ފައްޔާޟް ވިދާޅުވީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ ޕާޓީގެ ތެރެއިންވެސް ބަޔަކު މިގޮނޑި އެމްޑީޕީއަށް ލިބުނަ ނުދިނުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށްކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ދެބަސްވުމެއްގެ ސަބަބުން ސަރުކާރާއި އެމްޑީޕީ ހަލާކުވެގެންދިޔައީކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކުގެ އަސްލެއް ނެތްކަންވެސް މި ކާމިޔާބީއާއެކު ހާމަވެއްޖެކަމަށެވެ.
"އެމްޑީޕީގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް އޮތުމުގެ ސަބަބުން ސަރުކާރާއި އެމްޑީޕީ ހަލާކުވެގެން ދިޔައީކަމަށް އެމްޑީޕީ އޮތީ ވަރުގަދަކޮށްކަން. އެމްޑީޕީ ތެެރެއިން ބަޔަކު ވަކިވެެގެންދިޔަޔަސް އާއްމު ރައްޔިތުން ތިބީ އެމްޑީޕީއާއެކުކަން ހާމަވެއްޖެ." ފައްޔާޟް ވިދާޅުވިއެވެ.
ފައްޔާޟް ވިދާޅުވީ ގުރައިދޫ ދާއިރާ އަލަށް އެމް.ޑީ.ޕީއަށް ކާމިޔާބު ކުރެވުމަކީ ތާރީހީ ކާމިޔާބީއެއްކަމަށެވެ. އަދި މިކަމުން ފެނިގެންދަނީ 2023 ރިޔާސީ އިންތިޚާބު އެއްބުރުން އެމްޑީޕީން ކާމިޔާބުކުރާ މަންޒަރުކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް އިބްރާހީމް ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓްގައިވެސް ފައްޔާޟް ވަނީ މިއީ ރައީސް ސާލީހާއި ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަވާ ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ އުއްމީދު ފައްޔާޟް ވަނީ އައު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު