ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ރައްޔިތުންގެ ތާއީދު ރައީސް ސާލިހަށް އޮތްކަން ހާމަވެއްޖެކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު (ފެނަކަ ސައީދު) ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން"އާ ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވީ ގުރައިދޫ ދާއިރާގެ ރައްޔިތުން އެ ބަލައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުކަމަށެވެ. އަދި ސިޔާސަތަކީ ގައިން ތަހިރުވެ ތިބެ، އަމިއްލަ ފަސްގަނޑުގައި ހަމަހިމޭން ހިތްފަސޭހަކޮށް ތިބެވޭނެ ސިޔާސަތުކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"މަޖިލިސް ފާރު މަތިން މެމްބަރުން އުކުލާއި ނިޒާމެއް ނޫން. މިއަދު ރައްޔިތުން ބޭނުންވަނީ ބޭކާރު ވާހަކަދައްކާ ވެރިންނެއް ނޫން." ސަައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ އިހުސާސް ދަންނަ، ރައްޔިތުންގެ ވިންދާއެކީ ވެރިކަން ކުރާނެ ވެރިއެއްކަމަށެވެ. އަދި ގުރައިދޫ ދާއިރާގެ ތަރީހީ ކަމިޔާބީންވެސް ބުނެދެނީ ރައީސް ސާލިހުގެ ސަރުކާރަށް އިތުބާރު އޮތްކަންކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ފެންނަން އޮތް ބޮޑު މަންޒަރަކީ ރައީސް ސާލިހުގެ ސަރުކާރުން އަޅުގަނޑުމެން ހުއްޓި ނުތިބެ އަތޮޅުތެރޭގެ ރަށްތަކަށް ގެންނަމުންދާ ކުރިއެރުމާއި ތަރައްޤީ ރައްޔިތުންގެ ހިތުގެ އިހުކލާސްތެރިކަމާއެކީ ބަލައިގަންނަކަން." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްޑީޕީން ހޯދާ ކާމިޔާބީ ނުހުއްޓުވޭނެކަމަށާއި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ގޮސް، ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން