މިއަހަރުވެސް ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދުކުރުން އޮންނާނެ އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެކަމަށެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން މާލޭގައި ހަމަޖެހިފައިވާ ތަންތަނަކީ، މާފަންނު ސްޓޭޑިއަމްގައި، އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު، މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދުގައެވެ.

ހުޅުމާލެ ފޭސް 1ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ހުޅުމާލެ ފޭސް 2ގައި ނަމާދުކުރަނީ ކްރިކެޓް ސްޓޭޑިއަމް އަޅާ ސަރަހައްުދުގައެވެ.

ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދުކުރުން ވިލިމާލޭގައި އޮންނަނީ ފުޓްބޯޅަ ދަނޑުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެކަމަށެވެ.

ޢީދުނަމާދަށް ވަޑައިގަންނަވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުން، އަމިއްލަ މުޞައްލައެއް ގެނައުން، އަމިއްލަ ފެންފުޅިއެއް ގެނައުން، ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން