ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ރިޔާސީ އިންތިހާބުގެ ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު ޕީޕީއެމްއަށް ބޮޑުވެފައިވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން 49 އިންސައްތަ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރައްވައިފައިވަނީ އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރައްވައިފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 3423 މީހުންގެ ތެރެއިން 80.48 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބު އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ.ގުރައިދޫ، ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބުކުރައްވާފައި ވަނީ 120 ވޯޓުގެ ތަފާތަކުންނެވެ. ޝާޒަށް ލިބިވަޑައިގަތީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ޙުސައިން ރިޟާ ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ.

މި ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެނޑޭޓަށް ލިބިވަޑައިގަތީ ވޯޓްގެ %48.8އެވެ. ޕީޕީއެމްގެ ރިޟާއަށް %44.5 އަދި އެމްއެންޕީގެ އާރިފަށް ލިބުނީ %4.4އެވެ. އެހެންކަމުން 50 އިންސައްތައަށް ނުވަތަ އަޤްލަބިއްޔަތު އެއްވެސް ބަޔަކަށް ނުލިބެއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ގުރައިދޫ ބައި-އިލެކްޝަން ބުނެދޭ އެންމެބޮޑު ހަޤީގަތަކީ ހުރިހާ ބާރަކާ ނުފޫޒާއެކު ސަރުކާރަށް ލިބުނީ 48 އިންސައްތަކަން ކަމަށެވެ. މިއީ ރައީސް ސާލިހުގެ 2 ވަނަ ދައުރެއްގެ ހުވަފެންފުޅުގައި ކުލަ ނުޖެހޭނެކަން ކަށަވަރުކޮށްދޭ ނަތީޖާއެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ގުރައިދޫ ދާއިރާގެ ނަތީޖާއަކީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގެ އުންމީދު އިތުރުވި ނަތީޖާއެއްކަމަށެވެ.



ރާއްޖޭގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަދުވެގެން 50 ޕަސަންޓާއި އިތުރު އެއް ވޯޓް ބޭނުންވާނެއެވެ. ނަމަވެސް މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުތަކުގައި ވަކި އަދަދެެއްގެ ވޯޓް ހަމަކުރާކަށް ނުޖެހެއެވެ. ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ މީހަކު ހޮވޭނެއެވެ. 3 މީހަކު ވޯޓް ލައިގެން އޭގެތެރެއިން ދެ ވޯޓު ލިބުނަސް އެ މީހަކު މަޖިލީހަށް ނުވަތަ ކައުންސިލަށް އިންތިހާބުވާނެއެވެ.

ރިޔާސީ އިންތިހާބާއި އެހެން އިންތިހާބުތަކުގައި ވޯޓްލާއިރު ރަށްރަށުގައި ތަފާތު ޓްރެންޑަތައް ހުރެއެވެ. ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބުގައި ރަށްރަށުން ވޯޓްދޭއިރު ޕާޓީތަކުގެ ނުފޫޒަށްވުރެ އާއިލީ ނުފޫޒު ވަރަށް ބޮޑެވެ. ތިމާ ނުރެހޭ ޕާޓީން އާއިލާގެ މީހަކު ނިކުމެއްޖެނަމަ އެ މީހަކަށް އެ އާއިލާގެ ވޯޓް ލިބޭނެއެވެ. އަނެއްކޮޅުން ތިމާ ތާއީދުކުރާ ޕާޓީން ނިކުންނަނީ އާއިލާއާ މައްސަތަކެއް އޮންނަ ފަރާތެއްނަމަވެސް ޕާޓީ މީހަކަށްވިޔަސް އެ އާއިލާގެ ވޯޓެއް ނުދޭނެއެވެ.

ރަށްރަށުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ބޮޑު ދެތިން އާއިލާކަމުން ޕާޓީތަކުގެ ކެނޑިޑޭޓުން ކަޓުވާލުމަށްްފަހު ބައެއް ސަރަހައްދުތަކުން އަމިއްލަ މެމްބަރުން މަޖިލީހާއި ކައުންސިލް ގޮނޑި ހޯދާ އެއް ސަބަބަކީ މިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން