އަރބަންކޯގެ ނަމުގައި ސްޕޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވާތީ ސަމާލުވާން އަންގައިފިއެވެ.

އަރބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަރބަންކޯއިން ބުނީ އެފަރާތުން މިފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެކަމަށެވެ. އެހެންކަމުން މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



އަރބަންކޯ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާތީ މީގެކުރިންވެސް ވަނީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ. އެގޮތުން އެ ކޯޕަރޭޝަންގެ ނަމުގައި މޯބައިލް ނަންބަރުތަކުން އެކި މީހުންނަށް ގުޅާ ކަމުގެ ޝަކުވާ ވަނީ އެކުންފުންޏަށް ލިބިފައެވެ.

އެކި ކުންފުނިތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައަކީ ވަރަށް އާންމުކޮށް ހިނގާ މައްސަލަތަކެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން