ރައްޔިތުންގެ މަޖިލީޙުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރުމަކީ ރިޔާސީ އިންތިހާބަށް ހެޔޮ ފާލެއްކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމުން އެކަމުގެ އުފަލުގައި ކުރެއްވި ޓްވީޓެއްގައެވެ.

ޝަރީފްގެ ޓްވީޓްގައި ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީގެ ކެނޑިޑޭޓް ޝާޒު އިބްރާހިމަށް މަރުހަބާ ދަންނަވާފައެވެ. ޝަރީފް ވިދާޅުވީ މިއީ އެމްޑީޕީން ވަރަށް ބޮޑަށް ފަހުރުވެރިވާނެ ގޮނޑިއެއްކަމަށެވެ. އަދި މިއީ ރައީސް ސާލިހަށް ހެޔޮ ފާލެއްކަމަށެވެ.

"ރިޔާސީ އިންތިހާބް 2023ގެ މިސްރާބަށްވާނެ." ޝަރީފް ވިދާޅުވިއެވެ.



ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު ޝަރީފް ވަނީ އެ ކެމްޕެއިންގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާފައެވެ. އަދި ޝަރީފަކީ އެމްޑީޕީ ޕްރޮމޯޓްކޮށް، ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން