ބ. މާޅޮހު ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

ބ.މާޅޮހު ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފެށީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަސައްކަތުގެ ދަށުން ބަހައްޓަންޖެހޭ ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.



ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން