ރ. އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ.



90 މިލިއަން ރުފިޔާގެ މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަސައްކަތުގެ ދަށުން އަލިފުށީގެ 8.3 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރާނެއެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަލިފުށީގައި މިހާރުވެސް ސަރުކާރުން ދަނީ ތަރައްޤީގެ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން