އަރބަންކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ އަރބަންކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެކި ދާއިރާތަކުން ތަމްރީން ލިބިފައިވާ ޒުވާނުން ބިނާކުރުމަށް ހިންގާ ރޮގްރާމެކެވެ.

އަރބަންކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިފަހަރު ވަނީ 100 މީހުންނަށް ހުޅުވާލާފައެވެ.

12 ދާއިރާއަކުން ކުރިއަަށްގެންދާ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގާޑެނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ހައުސްކީޕިންގ، ލޯންޑްރީ އޮޕަރޭޝަންސް ހިމެނެއެވެ. އަދި ފްރަންޓް އޮފިސް ސަރވިސަސް، ހެވީ ވެހިކަލް އޮޕަރޭޝަންސް، ކޮންސްޓްރަކްޝަން ސައިޓް ސުޕަރވިޝަން، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިން އެންޑް ޑެކަރޭޝަންސް އަދި ވެލްޑިންގ ޓެކްނީކްސް ހިމެނެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 14 މެއިގެ މެންދުރު 14:00އެވެ.



އަރބަންކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ޢުމުރުން 18 އަހަރާއި، 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށްކަމަށާއި ބައިވެރިން ހޮވުމުގައި ބަލާނެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުން ނުވަތަ އެމް.ކިއު.އޭގެ ލެވެލް 2 ގެ ސަނަދެއް ފުރިހަމަކޮށްފައިވުމާއި، ވަޒީފާއެއް އަދާކުރަމުންނުދާ ފަރާތްތަކަށެވެ.

ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކްލާސްރޫމް ސެޝަންތަކާއި، ޢަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެ ދަސްކުރުމުގެ ބައިތައްވެސް ހިމަނައިގެންނެވެ. ޕްރޮގްރާމް ފުރިހަމަކުރާ ކުރާ ކޮންމެ ބައިވެރިއަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބޭނެއެވެ.

6 މަސްދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މަހަކު 6000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަރބަންކޯއިން ވިދާޅުވީ، ޕްރޮގްރާމް ނިންމައި އެންމެ ރަނގަޅު ބައިވެރިންނަށް އެ ކޯރޕަރޭޝަންގައި ވަޒީފާ ހުރި މިންވަރަކުން ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސައިދެމުންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން