މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ
މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަވެއްޖެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީގެ ކެނޑިޑޭޓަށް މަރުހަބާ ދަންނަވައި ފޮނުއްވި މެސެޖެއްގައެވެ.

ޝައުނާ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުންތަކެއް ލިބިފައިވާކަން ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ނިންމުމުން ހާމަވެގެންދާކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.



ގުރައިދޫ ދާއިރާގެ ކާމިޔާބީ އެމްޑީޕީން ފާހަގަކުރާ މައިގަނޑު ސަބަބަކީ މިއީ އެ ޕާޓީއަށް އަލަށް ކާމިޔާބުކުރެވުނު ދާއިރާއަކަށްވުމުންނެވެ. މީގެކުރިން މިގޮނޑި މުޅިންވެސް ކާމިޔާބުކޮށްފައިވަނީ ޕީޕީޢެމާއި ކުރީގެ ޑީއާރުޕީންނެވެ.

މި ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބުކުރެވުނީ 49 އިންސައްތަ ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން