ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ފެނިގެންދިޔައީ ރައީސް ސާލިހާއި މި ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތް މަންޒަރުކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް އިބްރާހީމް ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓްގައި ފައްޔާޟް ވަނީ ބައި އިލެކްޝަން ކާމިޔާބުކުރުމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވާފައެވެ.



ފައްޔާޒް ވިދާޅުވީ މިއީ ރައީސް ސާލީހާއި ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަވާ ކާމިޔާބީއެއް ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ އުއްމީދު ފައްޔާޟް ވަނީ އައު ކުރައްވާފައެވެ.

ފައްޔާޒްގެ ޓްވީޓްގައި ވަނީ ޕީޕީއެމްއާއި އެމްއެންޕީން ވާދަވެރި މަސައްކަތްތަކެއް ކުރެއްވީތީ އެކަން ފާހަގަކުރައްވައި، ހިތްވަރު ދެއްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު