ރައްޔިތުންެގެ ތާއީދު އެންމެ ބޮޑު ލީޑަރަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްކަން ހާމަވެއްޖެކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
ޑރ. ޑީޑީ މިހެން ވިދާޅުވީ ރައީސް ސާލިހު އިސް ލީޑަރަކަށް ހުންނަވާ އެމްޑީޕީން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރުމާއި ގުޅިގެންނެވެ.
ޑީޑީ ވިދާޅުވީ ޒަމާންވީ ޕީޕީއެމްގެ ބާރުތައް ފެތުރިފައިވާ ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ރައީސް ސާލިހުގެ ޓީމުން ކާމިޔާބުކުރީ ބައި އިލެކްޝަންގައި ޕާޓީގެ ތެރެއިންނާއި ބޭރުން ދިމާވި ގޮންޖެހުންތަކާއެކު ކަމަށެވެ. އަދި ރައީސް ސާލިހުގެ ޓީމުން ގޮނޑި ކާމިޔާބުކުރުމުން ދޭހަވަނީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑީ ރައީސް ސާލިހަށް ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.
"ޕާޓީގެ އެތެރޭންނާއި ބޭރުން ދިމާވި ގޮންޖެހުންތަކާ އެކުވެސް ޒަމާންވީ ޕީޕީއެމްގެ ބާރުތައް ފެތުރިފައިވާ ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ރައީސް ސާލިހުގެ ޓީމުން، އެމްޑީޕީން ކާމިޔާބުކުރުމުން ދޭހަވަނީ ރައްޔިތުންގެ ތާއިދު އެންމެ ބޮޑީ ރައީސް ސާލިހުއަށްކަން! އިބު2023 ހަބޭސް." ޑީޑީ ވިދާޅުވިއެވެ.
ރައްޔިތުންެގެ ތާއީދު އެންމެ ބޮޑީ ރައީސް ސާލިހަށްކަން ހާމަވެފައިވާކާމަށް ޑީޑީ ވިދާޅުވިއިރު މިއިންތިޚާބު ރައީސް ސާލިހުގެ ޓީމުން ކާމިޔާބުކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްވެސް ތާޢީދެއް ނެތިއެވެ. އެގޮތުން އެއްވެސް ކެމްޕެއިން ހަރަކާތެއްގައިވެސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ޓީމުން ބައިވެރިނުވާކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން ރައީސް ނަޝީދުގެ ތާއީދާއި ނުލާވެސް ރައީސް ސާލިހާއި އެމްޑީޕީއަށް ކާމިޔާބު ލިބޭނެކަން ހަމަވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު