ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ހޯދި ކާމިޔާބީއަށްފަހު އެމްޑީޕީން ކުރިއަށްދާނީ އެއަށްވުރެ މާބޮޑު ކާމިޔާބީއަކާއި ދިމާލަށްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ވާދަވެރި ކެމްޕެއިނަކަށްފަހު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ވަނީ ޕީޕީއެމްގެ މައްޗަށް ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ފަހަރަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި އެ ކާމިޔާބީއަށްޓަކައި އެމްޑީޕީގެ ކެނޑިޑޭޓް ޝާޒަށް ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.



ޝާހިދު ވިދާޅުވީ މިއީ ރައީސް ސާލިހުގެ ލީޑަރޝިޕް ސާބިތުކޮށްދީ، އެމަނިކުފާނުގެ ތަސައްވުރު ރައްޔިތުން ބަލައިގަންނަކަަން ދައްކުވައިދޭ ހެއްކެއްކަމަށެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީން ދަތުރުކުރަމުންދަނީ ބޮޑެތި ކާމިޔާބުތަކަކަކާއި ދިމާލަށްކަމަށެވެ.

މިިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒަށް 1340 ވޯޓު ލިބިވަަޑައިގަތެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ޕީޕީއެމްގެ ހުސެއިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 128 ވޯޓެވެ.

މި ނަތީޖާއާއެކު ޝާޒަކީ އެމްޑީޕީގެ ފަރާތުން ގުރައިދޫ ދާއިރާ ތަމްސީލު ކުރައްވާ ފުރަތަމަ މެމްބަރެވެ.



ކިޔުންތެރިންގެ ހިޔާލު