ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ރާއްޖޭގައި އޮތް ތާއީދު ދައްކުވައިދޭ އަލިގަދަ ހެއްކެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާގެ މައްޗަށް އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒް ކާމިޔާބު ހޯއްދެވުމުންނެވެ.
މި ކާމިޔާބީއާ ގުޅިގެން ރޮޒައިނާ ވަނީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒަށް މަރުހަބާ ދަންނަވާފައެވެ.
ރޮޒަައިނާ ވިދާޅުވީ މި ވޯޓްގެ ނަތީޖާއަކީ މުޅި ރާއްޖެއިންވެސް ރައީސް ސާލިހު ބަލައިގެންފިކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރިޔާސީ އިންތިހާބުވެސް ފަސޭހަކަމާއެކު ރައީސް ސާލިހު ކާމިޔާބުކުރައްވާނެކަމަށެވެ.
މިއަދުގެ ބައި އިލެކްޝަންގައި ވާދަކޮށްފައިވަނީ ޝާޒުގެ އިތުރުން ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ. ޝާޒާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއެވެ. އިންތިހާބުން ފުލަށް ދިޔައީ އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މީގެކުރިން އެއްވެސް އިންތިހާބެއްގައި މިގޮނޑި ނުވަތަ މާލެ އަތޮޅުގެ ގޮނޑިއެއްވެސް އެމްޑީޕީއަށް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން ގުރައިދޫ ގޮނޑި ކާމިޔާބުކުރުމަކީ އެމްޑީޕީއަށް ވަރަށް ތާރީހީ ކާމިޔާބީއެކެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުރައިދޫ، މާފުށި، ގުޅީގެ އިތުރުން މާލެ ސިޓީގައެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އޭގެތެރެއިން 80 އިންސައްތަ މީހުން ވޯޓްލާފައިވެއެވެ.

K. Guraidhoo dhaaira gondi kaamiyaabu kurevvi MDP candidate Shaaz ah v bodah maruhaba!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 15, 2023
Mi vote ge natheeja akee mulhi raajjeyn ves R @ibusolih balaiganefi kamuge aligadha hekkeh! Alhamdhu lillaahi!
In sha Allah riyaasy inthihaab ves R Ibu faseyha kamaaeku kaamiyaabu kuravvaane
މިއަދުގެ ބައި އިލެކްޝަންގައި ވާދަކޮށްފައިވަނީ ޝާޒުގެ އިތުރުން ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ. ޝާޒާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއެވެ. އިންތިހާބުން ފުލަށް ދިޔައީ އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މީގެކުރިން އެއްވެސް އިންތިހާބެއްގައި މިގޮނޑި ނުވަތަ މާލެ އަތޮޅުގެ ގޮނޑިއެއްވެސް އެމްޑީޕީއަށް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން ގުރައިދޫ ގޮނޑި ކާމިޔާބުކުރުމަކީ އެމްޑީޕީއަށް ވަރަށް ތާރީހީ ކާމިޔާބީއެކެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުރައިދޫ، މާފުށި، ގުޅީގެ އިތުރުން މާލެ ސިޓީގައެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އޭގެތެރެއިން 80 އިންސައްތަ މީހުން ވޯޓްލާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު