މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި 80 އިންސައްތަ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 3423 މީހުންގެ ތެރެއިން ވޯޓު ފޮށިތައް ބަންދުކުރުމާއި ހަމައަށް ވޯޓު ލާފައިވަނީ 2،755 މީހުންކަމަށެވެ. އެއީ 1431 ފިރިހެނުންނާއި 1324 އަންހެނުންނެވެ.
އިންތިހާބުގައި 80.48 އިންސައްތަ މީހުން ވޯޓްލާފައިވެއެވެ. ވޯޓް ނުލަނީ 668 މީހުންނެވެ.
ވޯޓްލުން 5:00 ޖެހިއިރު ބަންދުވިއިރު، މަގްރިބް ނަމާދަށްފަހު ވަނީ ވޯޓް ގުނަން ފަށާފައެވެ. އަދި ގުރައިދޫ، މާފުށި، ގުޅި އަދި މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާ މިރޭ އިޢުލާންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މި އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި 17:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/DUjySOrYty
— Elections Commission (@ElectionsMv) April 15, 2023
ވޯޓްލުން 5:00 ޖެހިއިރު ބަންދުވިއިރު، މަގްރިބް ނަމާދަށްފަހު ވަނީ ވޯޓް ގުނަން ފަށާފައެވެ. އަދި ގުރައިދޫ، މާފުށި، ގުޅި އަދި މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާ މިރޭ އިޢުލާންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މި އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.
ކިޔުންތެރިންގެ ހިޔާލު