މިމަހުގެ 8 ވަނަ ދުވަހުގެރޭ 2 ދަރިންނާއެކު މާލޭގެ ގެއަކުން ނެރެލި އަންހެން މީހާއާއި އޭނާގެ 2 ކުދިންނަށް އާއްމުންގެ ފަރާތުން 164730 ރުފިޔާ އެހީގެ ގޮތުގައި ލިބިފައިވާކަމަށް އެ އާއިލާއަށް އެހީ ހޯދުމަށް މަސައްކަތް ކުރި "މަމްސް" ޖަމުއިއްޔާއިން ބުނެފިއެވެ.
މަންމައިންގެ ހައްގުގައި މަސައްކަތްކުރާ "މަމްސް އެއިޑް" އިން މިއަދު ބުނީ މަގުމަތިވި އާއިލާއަށް އާއްމުންގެ ފަރާތުން ލިބުނު އެހީގެ ފައިސާއިން އެޕާޓްމަންޓެއް ހޯދައި، އެ އާއިލާ ބަދަލުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަމުންދަނިކޮށް، ޖެންޑާރ މިނިސްޓްރީގެ ބެލުމުގެ ދަށަށް އާއިލާ މިއަދު ގެންގޮސްފައިވާކަމަށް މަމްސް ޖަމުއިއްޔާއިން ބުނެއެވެ.
އެ އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔައީ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށްކަމަށާއި، ނަމަވެސް އެ ޕްރޮގްރާމް ނިމޭނެ ދުވަހެއް އަދި ނޭނގޭކަމަށް ޖެންޑާ މިނިސްޓްރީން އަންގާފައިވާކަމަށްވެސް މަމްސް ޖަމުއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މަމްސްއިން ބުނީ އެ އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަނަމަވެސް އާއިލާގެ ހަރަދުތައް އެ ޖަމުއިއްޔާއިން ބަލަހައްޓާނެކަމަށެވެ. އަދި އެ އާއިލާ އަނބުރާ މުޖްތަމައަށް އައުމުން، އުޅޭނެ ތަނަކާއި، ކެއުމުގެ ހަރަދުތަކާއި ސްކޫލް ހަރަދުތަކާއި އަދި އާމްދަނީ ހޯދޭނެ މަގެއް އެ އާއިލާއަށް ހަމަޖައްސައިދޭނެ ކަމަށްވެސް މަމްސްއިން ބުނެއެވެ.
ދެ ދަރިންނާއި މަންމަ ގެއިން ނެރެ މަގުމަތިކޮށްލީ ކުރީގެ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގައި ދިރިއުޅެމުންދަނިކޮށެވެ.

ANNOUNCEMENT! pic.twitter.com/bcLyXDPqIa
— Moms Aid (@Moms_Aid) April 14, 2023
މަމްސްއިން ބުނީ އެ އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަނަމަވެސް އާއިލާގެ ހަރަދުތައް އެ ޖަމުއިއްޔާއިން ބަލަހައްޓާނެކަމަށެވެ. އަދި އެ އާއިލާ އަނބުރާ މުޖްތަމައަށް އައުމުން، އުޅޭނެ ތަނަކާއި، ކެއުމުގެ ހަރަދުތަކާއި ސްކޫލް ހަރަދުތަކާއި އަދި އާމްދަނީ ހޯދޭނެ މަގެއް އެ އާއިލާއަށް ހަމަޖައްސައިދޭނެ ކަމަށްވެސް މަމްސްއިން ބުނެއެވެ.
ދެ ދަރިންނާއި މަންމަ ގެއިން ނެރެ މަގުމަތިކޮށްލީ ކުރީގެ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގައި ދިރިއުޅެމުންދަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު