ރާއްޖެވެސް ހިމެނޭ ވީޓުވެންޓީގެ ޤައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދުމާއި ގުޅޭގޮތުން ޔޫރަޕިއަން އިންވެސްޓްމަންޓް ބެންކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމެރިކާގެ ވޮޝިންގޓަނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.
މިމަހުގެ 12 އިން 17 އަށް ނަޝީދު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބްލް ފޯރަމާއި ގުޅިގެން ބާއްވާ ވަލްނަރަބްލް 20 (ވީ20) ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ނަޝީދު މިއަދު ވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބެންކުގެ ރައީސާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ލޯކަލް ކަރަންސީ ފައިނޭންސިންގއާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށާއި އަދި ތިމާވެއްޓާއި ރަށްޓެހިކޮށް ހިންގާ ކްލައިމެޓް ޕްރޮސްޕެރަޓީ ޕްލޭންގެ ޕްރޮޖެކްޓްތައް ހިއްސާގެ ބާޒާރުގައި ލިސްޓްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ޤައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސްް ނަޝީދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އައިއެމްއެފްއާއި ވާރލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ވީ 20 ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ އައްޓާ އޮފޮރީ ކެނެތުގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގެ މިފަހަރުގެ ޝިޢާރަކީ "ފްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިންގ ފިޓް-ފޯރ-ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް ޑިވެލޮޕްމަންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން" އެވެ.

Very productive meeting with the president of European Investment Bank and colleagues here in Washington DC.Discussed key issues including local currency financing, restructured debt guarantees for @v20group nations, and listing Climate Prosperity Plan projects on stock exchanges pic.twitter.com/5evhT482JV
— Mohamed Nasheed (@MohamedNasheed) April 14, 2023
ރައީސްް ނަޝީދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އައިއެމްއެފްއާއި ވާރލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ވީ 20 ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ އައްޓާ އޮފޮރީ ކެނެތުގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގެ މިފަހަރުގެ ޝިޢާރަކީ "ފްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިންގ ފިޓް-ފޯރ-ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް ޑިވެލޮޕްމަންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން" އެވެ.
ކިޔުންތެރިންގެ ހިޔާލު