ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ފުނޑާލަން ޕާޓީތެރެއިން ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ޝާޒާ ދެކޮޅަށް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ގުރައިދޫ ދާއިރާގެ ގޮނޑި ނާކާމިޔާބު ކޮށްލަން އެ ދާއިރާގެ އެމްޑީޕީގެ މެމްބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް އެދެމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ރިޔާސީ ޓިކެޓާއި ގުޅޭގޮތުން އުފެދިފައިވާ ތުންފިއްތުން މިހާރު އެހެން ހިސާބަކަށް ގޮސް ގަސްތުގައި ޕާޓީ ފުނޑު ފުނޑުކޮށްލަން ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވިޔަކަ ނުދޭނަން، އިހުތިރާމް ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް." އެމްޑީޕީގެ ވަކި ފެކްޝަނެއް ހަދައިގެން މަސައްކަތް ކުރައްވާ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް އިންޒާރު ދެއްވަމުން މި ސަރުކާރުގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސްގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެެވެ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރުމަށް އިލެކްޝަން ކޮމިޝަނުން ދިން މުއްދަތު ހަމަވިއިރު، ތިން ސިޔާސީ ޕާޓީއަކުން ތިން ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އެއީ އެމްޑީޕީގެ އިބްރާހީމް ޝާޒު، އެމްއެންޕީގެ އަލީ އަރީފް އަދި އިދިކޮޅު ޕީޕީއެމުން ވާދަ ކުރާ ހުސައިން ރިޒާއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީޕިއެމް މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެެ.

ކިޔުންތެރިންގެ ހިޔާލު