މިދުވަސްވަރު ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ކުޑަކުދިންނަށް ވެކްސިން ޖެހުމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރަށްވައިފިއެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ވީޑިއޯ މެސެޖެއްގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ގިނަ ބަޔަކު ކޮވިޑު ވެކްސިން ޖެހުމުގެ ސަބަބުން އެބަލިން ވަރަށް ބޮޑަށް ރައްކާތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން ކޮވިޑު ޖެހިގެން މަރުވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.



އޭނާ ވިދާޅުވީ މިފަހުން މާލޭގައި ބައެއް ކުޑަކުދިންނަށް ކޮވިޑު ޖެހިފައިވާ ކަމަށާއި ބައެއް ކުދިން ހޮސްޕިޓަލުގައި އެޑިމިޓް ކޮށްގެން ފަރުވާ ދޭންޖެހިފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑުން ކުޑަކުދިން ރައްކާތެރިކުރުމަށް ވީހާވެސް އަވަހަކަށް ވެކްސިން ޖަހަން ޖެހޭ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ކުޑަކުދިން ބައެއް ފަހަރު ބާއްވަން ވެސް އެބަޖެހޭ، އެގޮތުން ބައެއް ކުދިން ފިޓް ޖެހިގެންނާއި ނިއުމޯނިޔާ ފަދަ ބަލިތަކުގައި ވެސް ބާއްވަންޖެހޭ ކޮވިޑުގެ ސަބަބުން، މީގެއިން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެންގެ ލަފައަކީ ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޖެހުން. އޭރުން އިރާދަކުރެއްވިޔާ އެކުދިންނަށް ކޮވިޑް ޖެހޭ މިންވަރާއި އެކުދިންގެ ސަބަބުން މުޖުތަމަައުގައި ބަލި ފެތުރޭ މިންވަރު ވެސް ވަރަށް ބޮޑަށް ދަށްކުރެވިގެންދާނެ." އަފްޒަލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު