އުމުރާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި އަންހެންމީހާ ފެނިއްޖެއެެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނީ ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާއެވެ. ވަހީދާ ގެއްލިފައި ވަނީ ރޭ ދަމުނަމާދަށް އާއިލާ މެމްބަރުންނާއެކު ގޮސް އުޅެނިކޮށެވެ. އޭނާއަކީ ތާބިތް ހައްޖު އެންޑް އުމަރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހެކެވެ.

އެ ގުރޫޕުން ބުނީ އޭނާ ގެއްލިގެން ހޯދީ މޯބައިލް، ކާޑު އަދި ދަބަސް ކޮޓަރީގައި ބޭއްވުމަށް ފަހު އާއިލާގެ އެހެން މީހުންނާ އެކު ދަމުނަމާދަށް ގޮސް އުޅުމުގެ ތެރޭގައި އާއިލާގެ މެންބަރުންނާ ދުރަށް ދިއުމަށް ފަހު، އެނބުރި ހޮޓަލަށް ގޮސްފައި ނުވާތީ ކަމަށެވެ.

ތާބިތް ގުރޫޕްގެ ފޭސްބުކް ޕޭޖުގައި ބުނީ މިހާރު އޭނާ ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު