ނ. މަނަދޫން އަނިޔާ ތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އުމުރުން 62 އަހަރުގެ ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނައީމާ މަރާލަަފަައި އޮއްވާ ފެނިފައިވަނީ މި އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާ ތަކަކާއެކު މަރުވެފައި އޮއްވައެވެ. އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ރައީސް ސާލިޙު ވަރަށް ކައިރިން ބައްލަވާނެ ކަމަށެވެ. އަދި އެފަދަ އެހެން މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް އެމަނިކުފާނު ބައްލަވަމުން ގެންދަވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
"މިފަދަ މައްސަލަތަކުގައި އިންސާފު ގާއިމް ކުރަންޖެހޭ ކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް ސަރުކާރުން އަޅަމުންދާނެ،" މިއުވާން ވިދާޅުވިއެވެ.
ނައީމާގެ މަރާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމަސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.
ނައީމާ ގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އޭޕްރީލް 08 ވަނަ ދުވަހު ހަވީރު އޭނާ ވަނީ ވަޅުލާފައެވެ. އެހެން މަރުތަކާއި ހިލާފަށް ނައީމާ ވަޅުލާފައިވަނީ ޕޯސްޓްމޯޓަމް ހެދުމެއް ނެތިއެވެ. ފުލުހުން ބުނީ ހަށިގަނޑު ވަޅުލާފައިވަނީ އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމާފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު