ހަންކެޑެ މަޝްރޫއުއާއެކު މުޅި އައްޑޫސިޓީ ވެގެންދާނީ މުޅިން އާ ރީޖަނަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސާލިހު ވިދާޅުވީ އެ މަޝްރޫއާއެކު އައްޑޫ ވެގެންދާނީ މުޅިން އައު ރީޖަނަކަށް ކަމަށާއި މިމަޝްރޫއާއެކު އައްޑޫގެ އިތުރުން މުޅި ރާއްޖޭގެ ފަތުރުވެރިކަން ބަދަލުވެގެން ދާނެކަމަށެވެ.
އެގޮތުން ހަންކެޑެ މަޝްރޫއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު ކޮންސެޕްޓަކަށް ވެގެންދާނެ މަޝްރޫއަކަށް ކަމަށާއި އޭގެ ތެރޭގައި ތަފާތު އެކި ކެޓަގަރީތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަޝްރޫއުގެ ދަށުން ހޮޓާތަކާއި ތަފާތު ތިން ލެވެލްގެ ކޮޓަރި ތަރައްގީ ކުރެވޭނެ ކަމަށް ސާލިޙް ވިދާޅުވިއެވެ. އަދި އެމަޝްރޫއާއެކު ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފް ވެގެންދާނެ ކަމަށާއި ބޭރު މީހުންނަށް ވެސް ދިވެހިންނަށް ވެސް އެތަނުން އެޕާޓްމެންޓްތަކާ ވިލާތައް ގަނެވޭނެ ކަމަށް ޑރ. ސާލިޙު ވިދާޅުވިއެވެ.
"އެމަޝްރޫއުގެ ދަށުން ތީމް ޕާކު އެބައާދޭ، އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް. އެއްވެސް ރިސޯޓެއްގަ މިގޮތަށް ޚިދުމަތް ދީފައެއް ނުހުންނާނެ. ހޮޓަލާ، ރިސޯޓާ، ވިލާ، އެޕާޓްމެންޓްތައް އެއްކޮށްލާފަ. އެއީ ތަފާތަކީ،" ސްޓޭޓް މިނިސްޓަރު ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ސާލިޙު ވިދާޅުވީ އައްޑޫ ސިޓީގެ ހަންކެޑެގައި ޖުމްލަ 2082 އެނދު ހިމެނޭގޮތަށް، 1041 ކޮޓަރި ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. މީގެތެރޭގައި 2 ގްރޭންޑް ހޮޓެލް، 2 ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 17 ބީޗް ވިލާ، އަދި 64 ސަރވިސްޑް އެޕާޓްމެންޓްގެ އިތުރުން، ރެސްޓޯރެންޓްތަކާއި، ޝޮޕިންގ އޭރިއާތަކާއި، ވޯޓަރ ޕާކަކާއި، ކުޅިވަރުކުޅުމާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ތަރައްގީކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތުން އަޅުގަނޑުމެން މިހާރު މި ލަފާކުރަނީ 2025 ވަނަ އަހަރު ގާތްގަޑަކަށް 2 އަހަރުތެރޭގައި މި ތަން ހުޅުވިގެންދާނެ ކަމަށް، މި ޕްރޮޖެކްޓަކީ މުޅިން އަލަށް ޑައިވާސިފައި މިކިޔާ ޕްރޮގުރާމްގެ ދަށުން ހިންގޭ ވަރަށް މުހިންމު ޕްރޮޖެކްޓެއް. މިއީ ވަރަށް އެމްބިޝަން ޕްރޮޖެކްޓެއް، އިރާދަކުރެއްވިޔާ ކާމިޔާބުވާނެ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓަށް އެމެރިކާ ޑޮލަރުން ބަލާނަމަ 142 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ގާތްގަޑަކަށް، ރުފިޔާ އިން ބަލާނަމަ 2 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް. އިރާދަކުރެއްވިޔާ މި ޕްރޮޖެކްޓަށް ފައިނޭންސް ހުރީ ހަމަޖެހިފައި. މި ރަށަކީ 9.6 ހެކްޓަރުގެ ރަށެއް." ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު