ގދ. ފަރެސްމާތޮޑާ އެއާޕޯޓް ކައިރިން ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރަން ހުޅުވާލައިފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ކައިރިން ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރަން ހުޅުވާލީ އެ އެއަރޕޯޓްގެ ހިންގުން ހަވާލުކޮށްފައިވާ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނީ ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 26 ވާ ބުދަދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

18 ބިމެއް ދޫކުރުމަށް ނިންމާފައިވާއިރު ބިމެއްގެ ބޮޑުމިނުގައި 10،000 އަކަފޫޓް ހުންނާނެކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެއެވެ. އަދި ގެސްޓްހައުސް ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށްކަމަށްވެސް ރީޖަނަލް އެއާޕޯޓްސްއިން ބުނެއެވެ. މި ފުރުސަތު ހުޅުވާލުމަށް ނިންމީ، ޓޫރިޒަމް ދާއިރާއިން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ މާޗްމަހުގެ 15 ގައެވެ. އެ އެއަރޕޯޓް ހުޅުވުމާއެކު އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް އެ ސަރަހައްދަށް އަންނާނެކަމަށް ސަރުކާރުން ވަނީ މީގެކުރިންވެސް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު