ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދައްކަވާ ވާހަކަތައް ޤަބޫލުކުރާ މީހަކު މިހާރު ނޫޅޭކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ޖަމީލަށް ފާޑު ވިދާޅުވެ ވާހަކަދެއްކެވީ، އާޒިމާ ގުޅޭގޮތުން މިއަދު ޖަމީލު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ޖަމީލު މިއަދު ކުރެެއްވި ޓްވީޓެއްގައި ވަނީ އާޒިމް ހިމެނޭގޮތަށް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރަށް ފާޑު ވިދާޅުވެފައެވެ.
ޖަމީލު ވިދާުޅުވީ ސަރުކާރުގެ މަތީ ފަޑީގައި ތިއްބެވީ ފެނަކަ، ސްޓެލްކޯ އަދި އެމްޓީސީސީގެ ވެރިންނާއި ފިނޭންސް މިނިސްޓަރުކަމަށެވެ. އަދި އެމީހުންނަށް ބެލިޔަސް ރައީސް ސާލިހަށާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނަންޖެހޭ ސަބަބު ވަރަށް ސާފުކަމަށާއި އެބޭފުުޅުން ދައުލަތް ފުނޑާލާފައިވާކަމަށެވެ.
ޖަމީލުގެ ވާހަކަތަކަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.
އާޒިމް ވިދާޅުވީ، ޑރ. މުހައްމަދު ޖަމީލުގެ އަނގަތައް ގިނަވެ، އެމަނިކުފާނުގެ އިތުބާރު ގެއްލިފައިވާކަމަށެވެ. އަދި ޖަމީލު ވިދާޅުވާ ބަހާއި ދުލުގެ އިތުބާރު ގެއްލިފައިވާއިރު، ޖަމީލު ދައްކަވާ ވާހަކަ އަޑުއަހާނެ ސުއިއްޕެއްވެސް މިއުޑު ދަށުގައި ނުހުންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި އާޒިމް އެ ދައްކަވަނީ ޑރ.ޖަމީލު ސިޔާސީގޮތުން އުޅުއްވާ އުޅުއްވުމުގެ ވާހަކައެވެ. ޑރ. ޖަމީލު ފާހަގަވެފައިވަނީ ބައެއް ސިޔާސީ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު އެ ބޭފުޅުންނާއެކު އަނެއްކާވެސް ސިޔާސީ މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެކުރިން ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު އެ ބޭފުޅުންނާއެކު އަނެއްކާވެސް ސިޔާސީ ކަންކަމުގައި ވަނީ ހަރަކާތްތެރިވެ ވަޑައިގެންފައެވެ. އަދި ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު ޖަމީލު އެމަނިކުފާނަށް ތާއީދުކުރެއްވިނަމަވެސް، މިއަދު ފެންނަނީ ރައީސް ސާލިހަށް ފާޑުވިދާޅުވަމުންދާ މަންޒަރެވެ.

@MJameelAhmed bunelan othee manikfaanuge agathah ginave, Manikfanuge ithubaaru gehli, Vidhaalhuvaa bahuge adhi dhuluge ithubaaru gehli, thiya dhahkavaa vaahaka adu ahaane soohpehves mi udu dhashuga mihaaraku nehvaahaka. https://t.co/EgFOBaE0xv
— Adam Azim (@adamazim) April 13, 2023
އާޒިމް ވިދާޅުވީ، ޑރ. މުހައްމަދު ޖަމީލުގެ އަނގަތައް ގިނަވެ، އެމަނިކުފާނުގެ އިތުބާރު ގެއްލިފައިވާކަމަށެވެ. އަދި ޖަމީލު ވިދާޅުވާ ބަހާއި ދުލުގެ އިތުބާރު ގެއްލިފައިވާއިރު، ޖަމީލު ދައްކަވާ ވާހަކަ އަޑުއަހާނެ ސުއިއްޕެއްވެސް މިއުޑު ދަށުގައި ނުހުންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި އާޒިމް އެ ދައްކަވަނީ ޑރ.ޖަމީލު ސިޔާސީގޮތުން އުޅުއްވާ އުޅުއްވުމުގެ ވާހަކައެވެ. ޑރ. ޖަމީލު ފާހަގަވެފައިވަނީ ބައެއް ސިޔާސީ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު އެ ބޭފުޅުންނާއެކު އަނެއްކާވެސް ސިޔާސީ މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެކުރިން ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު އެ ބޭފުޅުންނާއެކު އަނެއްކާވެސް ސިޔާސީ ކަންކަމުގައި ވަނީ ހަރަކާތްތެރިވެ ވަޑައިގެންފައެވެ. އަދި ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު ޖަމީލު އެމަނިކުފާނަށް ތާއީދުކުރެއްވިނަމަވެސް، މިއަދު ފެންނަނީ ރައީސް ސާލިހަށް ފާޑުވިދާޅުވަމުންދާ މަންޒަރެވެ.
ކިޔުންތެރިންގެ ހިޔާލު