ވޯޓަރ ތީމް ޕާކާއި ގުޅޭގޮތުން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި 6 ބުރީގެ ލެޝާ ހޮޓަލެއް އަޅަން ބޭރުގެ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ނިންމައި، އެބިން އަތުލުމަށް އެޗްޑީސީން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުުން މިއަދު ވަނީ ބާތިލުކޮށްފައެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ތަރައްގީ ކުރުމަށް 2017 ވަނަ އަހަރު ހަވާލުކޮށްފައިވަނީ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާއެވެ. އެޗްޑީސީން ވަނީ އެ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައިވާތާ އަހަރުތަކެއް ފަހުން، ޕްރޮޖެކްޓު ނިމޭނެކަމުގެ އެއްވެސް އަލިމަގެއް ނުފެނިގެން އެއްބަސްވުން ބާތިލްކޮށްފައެވެ.
މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމުގައި އެޗްޑީސީން އަމަލުކުރި ގޮތާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް އެޗްޑީސީން މި އެއްބަސްވުން ބާތިލުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ހައިކޯޓުން ވަނީ މިދިޔަ ސެޕްޓެމްބަރުމަހު ހައިކޯޓުން މިކަމުގައި ގޮތެއް ނިމެންދެން އެޗްޑީސީން އެއްބަސްވުން ބާތިލުކުރި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެފައެވެ.
ހައިކޯޓުގެ އަމުރު އެޗްޑީސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދުގެ އިއްތިފާގުން ވަނީ ހައި ކޯޓުގެ އަމުރު ބާތިލްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ވަގުތީ އަމުރަކާ މެދު ނިންމާ ނިންމުމެއް އިސްތިއުނާފްކުރާ ހާލަތުގައި އިސްތިއުނާފް ނިމެންދެން ވަގުތީ އަމުރެއް ނެރުމަކީ އިސްތިއުނާފް މައްސަލާގައި ދުރާލާ ގޮތެއް ނިންމީ ކަމަށް ބެލެވިދާނެ ކަމެއްކަމަށެވެ. އެހެންވެ، އެފަދަ މައްސަލަތަކުގައި އިންސާފުވެރިވާނީ އިސްތިއުނާފާ މެދު އަވަހަށް ގޮތެއް ނިންމުން ކަމަށެވެ.
2017 ވަނަ އަހަރު ފެށި މި މަޝްރޫޢަކީ ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ތަން ޑިޒައިންކުރީ ހުޅުމާލެ ވޯޓަރ ތީމް ޕާކުގައި ފާޚާނާއާއި، ޗޭންޖިންގ ރޫމާއި، ރޭގަނޑު މަޑުކުރުމުގެ އިންތިޒާމްގެ އިތުރުން، ސްޕައިރަލް ސްލައިޑް، ވޯޓަރ ހައުސް، ވޯޓަރ ރޯލަރސް، ފެމިލީ ސްލައިޑްސް އަދި ފައުންޓެއިންފަދަ ތަންތަން ހިމެނޭ ގޮތަށެވެ. މީގެއިތުރުންވެސް ފެނުގެ ކުޅިވަރުތަކާ ގުޅޭ ކުދި ވިޔަފާރިތަކާއި، ރެސްޓޯރަންޓްތައްވެސް ވޯޓަރ ތީމްޕާކުގައި ހިމެނުމަށް އޮތީ ރާވާފައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިނަމަވެސް، އެންމެ އެދެވޭގޮތެއްގައި މަސައްކަތްކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު