އެމްޑީޕީގެ ރައީސް، މަޖިލިސް ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ޖައްސަވާ މަޅިއެއްގައި ބެދޭ ވަރަށްވުރެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށިޔާރުވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ގާސިމާއި ނަޝީދާއި ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ނަޝީދުގެ ފަރާތްޕުން ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ. އެގޮތުން ނިޒާމީ ވޯޓަކަށް ދިއުމަށާއި ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބައެއް ބަދަލުތައް ނަޝީދުގެ ފަރާތްޕުޅުން ގާސިމަށް ހުށަހަޅާފައިވާކަމަށް ހަބަރުތައް ބުނެއެވެ. އަދި މިއީ ލީކުވެފައިވާ ލިޔުންތަކަކާއި ހަވާލާދީ ފަތުރަމުންދާ ހަބަރުތަކެއްކަމަށްވެސް ބުނެއެވެ.
މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ ލީކުވެފައިވާ ކަރުދާހަށް ބަލާއިރު ނަޝީދުގެ ފަރާތްޕުޅުން ގާސިމަށް ދޭން އެއްބަސްވަނީ "ޕައްލަންބެޔަށް ރަސްކަންދިންހެން" ނަމެއްގައި ވެރިކަންދިނުންކަމަށެވެ. އަދި ނަޝީދު ހުށަހަޅުއްވާ ގޮތަށްވުރެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވުންވެސް ގާސިމަށް މާރަނގަޅުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެހެނީ އިންތިހާބުވެއްޖެނަމަ ހުވާކުރުމާއި ހަމައަށްވެސް މަޤާމުގައި ދެމިހުރެވޭނެކަމުގެ ޔަގީންކަމެއް ނެތް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުން ގާސިމް ޤަބޫލުކުރައްވާނެކަމަށް ފެނިވަޑައިނުގަންނަކަމަށާއި، އެ ހުށަހެޅުން ދާނީ ފަނު ފުލުންކަމަށެވެ. އަދި މާޒީގައި ނަޝީދު ކަންތައް ކުރެއްވި ގޮތާއި ހޯމް މިނިސްޓަރުކަމުން ބޭރުކޮށްލަން ކުރި މަސައްކަތް ގާސިމް ހަނދާން ހުންނާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ނަޝީދުގެ މަކަރުވެރި ހީލަތްތެރި ހުށަހެޅުން ގާސިމް ގަބޫލުކުރަށްވާނެކަމަށް ނުބެލެވޭކަމަށާއި، އެއަށްވުރެ ގާސިމްގެ ވިސްނުން ރަނގަޅުވާނެކަމަށެވެ.
"ގާސިމަކީ އަޅުގަނޑު ކުޑައިރުއްސުރެ ދަންނަ ރައްޓެއްސެއް. ނަޝީދު ޖައްސަވާ ދަންތުރައިގައި ގާސިމް ދެވަނަ ފަހަރަކު ނުޖެހޭނެ." ޝަރީފް ވިދާޅުވިއެވެ.
ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުންތަކެއް ލިބިފައިވާކަން ޖުމްހޫރީ ޕާޓީގެ އޮފިޝަލުން ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. ނަމަވެސް އޭގައި އޮތް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުން ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުންތަކުގައި ހިމެނެނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށާއި ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބައެއް އިސްލާހުތައް ގެނައުމެވެ.
ރައީސް ނަޝީދަކީ ފެށުނީއްސުރެ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ހިންގުމަށް ބާރު އަޅުއްވާ ބޭފުޅެކެވެ. މިގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ބަރުލަމާނީ ނިޒާމެއް ގެންނަން އެމްޑީޕީގެ ޕްރެޝަރާއެކު ފެންނަ ނުފެންނަ ވޯޓެއްވެސް ނެގިއެވެ. ނަމަވެސް ދިވެހިންގެ ބޮޑު އަޣުލަބިއްޔަތުން ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެފައެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި އަނެއްކާވެސް ބަރުލަމާނީގެ ވާހަކަ ނަޝީދު ދައްކަވަމުންދާއިރު، އެމަނިކުފާނަށް 2008 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެންނެވުމުން ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލުކުރަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި އެފަދަ ވާހަކައެއްވެސް ނުދައްކަވައެވެ. ފެނުނީ ރިޔާސީ ނިޒާމުން ލިބޭ ހުރިހާ ބާރުތަކެއް ބޭނުންކުރަމުންދިޔަ މަންޒަރެވެ. އަދި މަޖިލީހުން ނިންމާ ނިންމުންތަކަށް އެމަނިކުފާނުގެ ވެރިކަމުގައި ގޮންޖައްސަވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އެހެންކަމުން އިދިކޮޅުގައި ނުވަތަ ވެރިކަން ގެއްލުމުން ބަރުލަމާނީ ނިޒާމަކަށް ޤައުމު ބަދަލުކުރަން ނަޝީދު ދައްކަވާ ވާހަކަތަކާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެެވެ.

FikureggeDhirun mi hushaa makaruveri heelaitheri husha elhun @qasimibrahim gaboolu kuraane kamakah gaboolu nukurevey. Eyah Vuren Q boa ragalhu vaane. Q akee kuda irussuren alhugadu dhanna rahtesseh.@MohamedNasheed jassavaa dhanthuraige Q dhevana faharaku nujeheyne
— Ibrahim Shareef (@AdduShareef) April 13, 2023
ޝަރީފް ވިދާޅުވީ ނަޝީދުގެ މަކަރުވެރި ހީލަތްތެރި ހުށަހެޅުން ގާސިމް ގަބޫލުކުރަށްވާނެކަމަށް ނުބެލެވޭކަމަށާއި، އެއަށްވުރެ ގާސިމްގެ ވިސްނުން ރަނގަޅުވާނެކަމަށެވެ.
"ގާސިމަކީ އަޅުގަނޑު ކުޑައިރުއްސުރެ ދަންނަ ރައްޓެއްސެއް. ނަޝީދު ޖައްސަވާ ދަންތުރައިގައި ގާސިމް ދެވަނަ ފަހަރަކު ނުޖެހޭނެ." ޝަރީފް ވިދާޅުވިއެވެ.
Kan mihen hurumaa ehu Fikurun e husha alhaa gothakah Q baboolu kuravvaane kamakah nufeney. FikureggeDhirun e husha elhun dhaanee bodah belevenee fanu fulun kamah. Maazeega Q ah @MohamedNasheed hahdhavaali gothaa home minister kamun beyru kollan jehi chakkru Q handhuma hunnaane
— Ibrahim Shareef (@AdduShareef) April 13, 2023
ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުންތަކެއް ލިބިފައިވާކަން ޖުމްހޫރީ ޕާޓީގެ އޮފިޝަލުން ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. ނަމަވެސް އޭގައި އޮތް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުން ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުންތަކުގައި ހިމެނެނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށާއި ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބައެއް އިސްލާހުތައް ގެނައުމެވެ.
ރައީސް ނަޝީދަކީ ފެށުނީއްސުރެ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ހިންގުމަށް ބާރު އަޅުއްވާ ބޭފުޅެކެވެ. މިގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ބަރުލަމާނީ ނިޒާމެއް ގެންނަން އެމްޑީޕީގެ ޕްރެޝަރާއެކު ފެންނަ ނުފެންނަ ވޯޓެއްވެސް ނެގިއެވެ. ނަމަވެސް ދިވެހިންގެ ބޮޑު އަޣުލަބިއްޔަތުން ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެފައެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި އަނެއްކާވެސް ބަރުލަމާނީގެ ވާހަކަ ނަޝީދު ދައްކަވަމުންދާއިރު، އެމަނިކުފާނަށް 2008 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެންނެވުމުން ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލުކުރަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި އެފަދަ ވާހަކައެއްވެސް ނުދައްކަވައެވެ. ފެނުނީ ރިޔާސީ ނިޒާމުން ލިބޭ ހުރިހާ ބާރުތަކެއް ބޭނުންކުރަމުންދިޔަ މަންޒަރެވެ. އަދި މަޖިލީހުން ނިންމާ ނިންމުންތަކަށް އެމަނިކުފާނުގެ ވެރިކަމުގައި ގޮންޖައްސަވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އެހެންކަމުން އިދިކޮޅުގައި ނުވަތަ ވެރިކަން ގެއްލުމުން ބަރުލަމާނީ ނިޒާމަކަށް ޤައުމު ބަދަލުކުރަން ނަޝީދު ދައްކަވާ ވާހަކަތަކާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެެވެ.
ކިޔުންތެރިންގެ ހިޔާލު