ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ކުޅިވަރަށް އިންޤިލާބީ ބަދަލެއް ގެނެސްދެއްވާފައިކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ތަރައްގީކުރި އަައުޓްޑޯ ހޭންޑްބޯލް ކޯޓުގެ މަސައްކަތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް އަައުޓްޑޯ ހޭންޑްބޯލް ކޯޓެއް ޤާއިމްކޮށްފައިވަނީ ގދ. ތިނަދޫގައެވެ.

މަހްލޫފް ވިދާޅުވީ އަައުޓްޑޯ ހޭންޑްބޯލް ކޯޓު ޤާއިމްކުރުމުގެ މަސައްކަތް ނިންމައި، ތިނަދޫ ކައުންސިލާއި ހަވާލުކޮށްފައިވާކަމަށެވެ. ކުޅިވަރުގެ ތަރައްޤީއަށް ރައީސް ސާލިހު ކުރައްވާ މަސައްކަތް ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރަށް ރައީސް ސާލިހު އިންޤިލާބީ ބަދަލެއް ގެނެސްދެއްވާފައިވާކަަމަށެވެ.



ރާއްޖޭގެ ކުޅިވަރުތަކަށް ކުރިއެރުން ގެންނަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށްލެވެެއެވެ. އެގޮތުން މީގެކުރިން ރަށްރަށުގައި ޤާއިމްކޮށްފައިނުވާ އެތައް ވަސީލަތްތަކެއް ދަނީ ޤާއިމްކުރަމުންނެވެ.

މިކަންކަމުގެ އިތުުރުން މިދިޔަ އަހަރު ރާއްޖޭގައި 9 ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތެއް ވަނީ ބާއްވާފައެވެ. އަދި ގިނަ އެސޯސިއޭޝަންތަކަށް ކޯޗުން ހަމަޖައްސައިދިނުމާއި ރާއްޖެއިން ބޭރުން އެތައް ފުރުސަތެއް އެތުލީޓުންނަށް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން ފާހަގަކުރާގޮތުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ރައީސް ސާލިހު ވަރަށް ބޮޑު އިސްކަމެއްދެއްވައެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތުނުކޮށް ގެނެސްދީފައިވާކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު