ރާއްޖެ އެތެރެކުރަން އުޅުނު 9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބުނީ މި މަސްތުވާ ތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރެއްގެ އަތުން މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
އެ ތަކެތި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރު، އަތްދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ވަނީ ޕޮޒިޓިވްވެފައި ކަމަށާއި އަދި ލަގެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިނަށް ވަނީ ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމުން ބުނެއެވެ.
މި ފަސިންޖަރުންގެ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯ ހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމުން ވަނީ ދިވެހި ފުލުހުންނާ ޙަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު