ރާއްޖޭގައި މި ދުވަސްވަރު ކޯވިޑާއިި އަރިދަފުސް ރޯގާ އިތުރުވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ވަނީ މި ދުވަސްވަރު ކޯވިޑާއިި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ރޯގާ ދިގުލާ ނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ މީހުން ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން މުހިއްމުކަމަށެވެ. މީގެއިތުރުން އަރިދަފުސް ރޯގާގެ އަލާމާތެއް ހުރި ނަމަ ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކު އެޅުމާއި އާންމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން މިދިޔަ ހަފްތާގައިވެސް ކޮވިޑްގެ 84 ކޭސް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 73 ކޭސް ފެނުނީ މާލެ ސަރަހައްދުންނެވެ. 17 މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑާއި އަރިދަފުސް ރޯގާ ދަނީ އިތުރުވަމުން - ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު (2/2) pic.twitter.com/umM8yExB43
— Health Protection Agency (@HPA_MV) April 12, 2023
އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން މިދިޔަ ހަފްތާގައިވެސް ކޮވިޑްގެ 84 ކޭސް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 73 ކޭސް ފެނުނީ މާލެ ސަރަހައްދުންނެވެ. 17 މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު