ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބޭރު ދުނިޔޭގެ ލޯބި ރާއްޖެއަށް ހޯއްދަވައިދެއްވާފައިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު ވަނީ ރައީސް ސާލިހުގެ ވެރިކަމުގެ މި ފަސް އަހަރަކީ ރާއްޖެއާއި ބޭރު ދުނިޔެއާ ގުޅުން ރަނގަޅުވެގެންދިޔަ ފަސް އަހަރުކަމަށް ވިދާޅުވެ އެކަމަށް ތައުރީފް ކުރަށްވާފައެވެ. އަދި އެކަމުގެ ސަބަބުން ދިވެހީން ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި އެތައް ލުއިތަކެއް މި ފަސް އަަހަރު ތެރޭގައި ލިބުނުކަންވެސް ސައުދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސައުދު ވަނީ މިނިސްޓަރ ޝާހިދުގެ މަސައްކަތްޕުޅަށްވެސް ތައުރީފްކުރައްވާފައެވެ. ސައުދު ވިދާޅުވީ މި ފަސް އަހަރު ތެރޭގައި ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް މިނިސްޓަރ ޝާހިދު ކުރެއްވި މަސައްކަތްޕުޅުން ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރަށް' ބޭރު ދުނިޔޭގެ ލޯބި ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. އަދި ޝާހިދުގެ މަސައްކަތްޕުޅުގެ ސަބަބުން އިގްތިސާދީ ދުޅަހެޔޮކަންވެސް ރާއްޖެއަށް ލިބެމުންދާކަމަށް ސައުދު ވިދާޅުވިއެވެ.

މިފަސް އަހަރަކީ ރާއްޖެއާއި ބޭރު ދުނިޔާއި ގުލުން ރަގަޅުވެ ދިވެހީން ބޭރުގަމުތަކަށް ދަތުރުކުރުމުގައި އެތއް ލުއިތަކެއް ލިބުނު ފަސް އަހަރު.މިނިސްޓަރ @abdulla_shahid ވަނީ ރާއްޖޭގެ ރައްޔިތުންނާއި ދިވެހަ ސަރުކާރައް' ބޭރުދުނިޔޭގެ ލޯބި ހޯދާ ގައުމުގެ އިގްތިސާދްދީ ދުޅަހެޔޮކަން ގެންނަވާފަ. pic.twitter.com/DQMUJxxitp
— Saudulla Ahmed (@saudullaahmed1) April 12, 2023
މީގެއިތުރުން ސައުދު ވަނީ މިނިސްޓަރ ޝާހިދުގެ މަސައްކަތްޕުޅަށްވެސް ތައުރީފްކުރައްވާފައެވެ. ސައުދު ވިދާޅުވީ މި ފަސް އަހަރު ތެރޭގައި ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް މިނިސްޓަރ ޝާހިދު ކުރެއްވި މަސައްކަތްޕުޅުން ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރަށް' ބޭރު ދުނިޔޭގެ ލޯބި ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. އަދި ޝާހިދުގެ މަސައްކަތްޕުޅުގެ ސަބަބުން އިގްތިސާދީ ދުޅަހެޔޮކަންވެސް ރާއްޖެއަށް ލިބެމުންދާކަމަށް ސައުދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު