ސަރުކާރުގެ މަގާމުގައި ހުރިއިރު ގެންގުޅުނު ސިޔާސަތަށް، މަޤާމުތަކުން ވަކިވުމަށްފަހު ފާޑުކިޔުމަކީ ބައެއް ޤައުމުތަކުގައި މަނާކަމެއްކަމަށް މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަފާ ނަސީމް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ބައެއް އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުތަކުން ވަކިވުމަށްފަހު އެ ބޭފުޅުން މަޤާމުތަކުގައި ތިއްބެވިއިރު ގެންގުޅުއްވި ބައެއް ސިޔާސަތުތަކަށާއި، ސަރުކާރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި އިޤްތިޞާދު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ ނަފާ ނަސީމް ވިދާޅުވީ ސަރުކާރާއި އަމިއްލަ ތަންތަނުގެ ވެރިކަން ކޮށްފައި، ވަކިވުމަށްފަހު، މަގާމުގައިހުރެ ކުރިކަންތަކާއި ގެންގުޅުނު ސިޔާސަތުތަކާއި މެދު ފާޑުކިޔުމަކީ ޕްރޮފެޝަނަލް ކަމެއް ނޫންކަމަށެވެ.
ނަސީމް ވިދާޅުވީ މަޤާމުތަކުން ވަކިވުމަށްފަހު އެފަދަ ކަންކަން ކުރުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަކި މުއްދަތަކަށް މަނާވެސް ކަމެއްކަމަށެވެ.
"ވަރިކުރިފުޅުގެ ލަކުނު ކިޔުންފަދަ ކަމެއްދީ؟" ނަސީމް ވިދާޅުވިއެވެ.
ސަރުކާރުގެ މަޤާމުތަކުން ވަކިކުރި ބޭފުޅުންގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔަމުންދާ އެއްބޭފުޅަކީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރެވެ. ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގައި ހިމެނިވަޑައިގެންނަވާ އަމްރު ގެންދަވަނީ ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށާއި، ކުންފުނިތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ސިޔާސީގޮތުން ވަރަށް ބޮޑަށް ހަރަކާތްތެރިކޮށް އަމްރު އުޅުއްވާ މަންޒަރު ފެންނަމުންދާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް އަމްރު ހަމަޖައްސަން މަސައްކަތްކުރާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީންވެސް އަދި އަމްރުވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.

ސަރުކާރާ އަމިއްލަ ތަންތަނުގެ ވެރިކަން ކޮށްފައި ، ވަކިވުމަށްފަހު، މަގާމުގައިހުރެ ކުރިކަންތަކާ، ގެންގުޅުނު ސިޔާސަތުތަކާ މެދު ފާޑުކިޔުމަކީ ޕްރޮފެޝަނަލް ކަމެއްނޫނެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަކިމުއްދަތަކަށް މަނާވެސްކަމެކެވެ. ވަރިކުރިފުޅުގެ ލަކުނު ކިޔުންފަދަ ކަމެއްދީ؟
— NafaNaseem (@monasibnaseem) April 12, 2023
ސަރުކާރުގެ މަޤާމުތަކުން ވަކިކުރި ބޭފުޅުންގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔަމުންދާ އެއްބޭފުޅަކީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރެވެ. ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގައި ހިމެނިވަޑައިގެންނަވާ އަމްރު ގެންދަވަނީ ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށާއި، ކުންފުނިތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ސިޔާސީގޮތުން ވަރަށް ބޮޑަށް ހަރަކާތްތެރިކޮށް އަމްރު އުޅުއްވާ މަންޒަރު ފެންނަމުންދާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް އަމްރު ހަމަޖައްސަން މަސައްކަތްކުރާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީންވެސް އަދި އަމްރުވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު