މަސްވެރިކަމުގެ ތަރައްޤީއަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްފައިވަނީ މި ސަރުކާރުންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް (އައްޑޫ ޝަރީފް) ވަނީ މަސްވެރިކަމުގެ ތަރައްޤީއަށް އެންމެ ބޮޑު އިންވެސްޓެއް ކޮށްފައިވަނީ މި ސަރުކާރުންކަމަށް ވިދާޅުވެ، ގިނަ ކަންތައްތަކެއް ފާހަގަކުރަށްވާފައެވެ.
ޝަރީފް ވިދާޅުވީ ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރެވެމުންދާއިރު ކޫއްޑޫގެ ކެޕޭސިޓީ 2000 ޓަނުން 6000 ޓަނަށް ބަދަލުކުރުމުގެ މަސައްކަތް މިހާުރު ކުރިއަށްދާކަމަށެވެ. މީގެއިތުރުން މިފްކޯއަށް މަސް ކިރާ 4 ބޯޓް ގެނެސްފައިވާކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެތަނަށް ވަންނަން އޮތް ނެރުގެ ދަތިކަންކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ރައީސް ސާލިހުގެ ސަރުކާރުން 3500–4000 ޓަނުގެ ބޯޓަށް ވަދެވޭ ފެންވަރަށް އެތާނގައި ޖެޓީއެއް ތަރައްގީކުރެވެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން މުޅި ދުނިޔެ ފުރަބަންދުގައި އޮތްއިރުވެސް މިފްކޯއިން ދިޔައީ މަސްވެރިން ބާނާ މަސް ގަނެ، އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން އެކްސްޕޯޓް ކުރަމުންކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މިއީ ރައީސް ސާލިހުގެ ހިކުމަތު އަމަލީގެ ދަށުން މިފްކޯއަށް ދެއްވި އިރުޝާދުތަކާއި އެގޮތަށް ކުރިޔަށް ގެންދެވުނު މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 39.5 މިލިއަން ރުފިޔާ އޮތީ ނުދީކަމަށެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން އެ ފައިސާ މަސްވެރިންނަށް ދީ ހަލާސްކޮށްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ތެރޭގައި އެންމެ ގިނައިން މަސް މިފްކޯއަށް ކިރުވީ މިދިޔަ އަހަރުކަމަށެވެ. އަދި ރައީސް ޔާމީންގެ ފުރަތަމަ 4 އަހަރު މަސްވެރިންގެ އަތުން ގަތީ 128،099 ޓަނު ކަމަށާއި މި ސަރުކާރުން 4 އަހަރު ތެރޭގައި 219،816 ޓަނު މަސް ގަނެ 3.72 ބިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން 5 އަހަރު ތެރޭގައި މަސްވެރިންނަށް ދެވުނީ 2.34 ބިލިއަން ރުފިޔާކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

Mulhi dhuniye fura bandhu ga ovvaa ves MIFCO in dhiyaee masverin baanaa gane eggothun nuviyyaa aneh gothakun export kuramun . Mi @ibusolih ge hikumathu amalee ge dhashun MIFCO ah dhevvi irushaadhu thakaa egothah kuriyah gendhevunu kameh
— Ibrahim Shareef (@AdduShareef) April 12, 2023
މީގެއިތުރުން މުޅި ދުނިޔެ ފުރަބަންދުގައި އޮތްއިރުވެސް މިފްކޯއިން ދިޔައީ މަސްވެރިން ބާނާ މަސް ގަނެ، އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން އެކްސްޕޯޓް ކުރަމުންކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މިއީ ރައީސް ސާލިހުގެ ހިކުމަތު އަމަލީގެ ދަށުން މިފްކޯއަށް ދެއްވި އިރުޝާދުތަކާއި އެގޮތަށް ކުރިޔަށް ގެންދެވުނު މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 39.5 މިލިއަން ރުފިޔާ އޮތީ ނުދީކަމަށެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން އެ ފައިސާ މަސްވެރިންނަށް ދީ ހަލާސްކޮށްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
Veythuve dhiya 15aharu therey emme gina mas MIFCO ah kiruvee midhiya aharu.@prz_ymn ge furathama 4 aharu masverin athun gathee 128,099 ton.Mi sarukaarun 4.aharu therey 219,816 ton gane 3.72 MVRbillion masverinnah ekkoh dheefaavey. PY ge verikamuga 4 aharu jumla akee 2.34 billion
— Ibrahim Shareef (@AdduShareef) April 12, 2023
ޝަރީފް ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ތެރޭގައި އެންމެ ގިނައިން މަސް މިފްކޯއަށް ކިރުވީ މިދިޔަ އަހަރުކަމަށެވެ. އަދި ރައީސް ޔާމީންގެ ފުރަތަމަ 4 އަހަރު މަސްވެރިންގެ އަތުން ގަތީ 128،099 ޓަނު ކަމަށާއި މި ސަރުކާރުން 4 އަހަރު ތެރޭގައި 219،816 ޓަނު މަސް ގަނެ 3.72 ބިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން 5 އަހަރު ތެރޭގައި މަސްވެރިންނަށް ދެވުނީ 2.34 ބިލިއަން ރުފިޔާކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު