ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުނި ވިއްކާލަން މަސައްކަތްކުރަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އެފްކޮންސް އިންފްރާސްޓްރަކްޗަރއަކީ އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެވެ. ހަބަރުތައް ބުނާގޮތުން މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކެއް ހައްލުކުރުމަށްޓަކައި އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާއި، އަދި އެހެން ބައެއް އެސެޓްތައް ވިއްކާުލުމަށް ދަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް އެކަމުގައި އަދި ވަކިގޮތެއް ނުނިންމައެވެ.
އެފްކޮންސް އިންފްރާސްޓްރަކްޗަރއަކީ ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ފަދަ ބިޔަ މަޝްރޫޢުތައް ހިމެނެއެވެ.
ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ހަވާލުކޮށްފައި އޮތް އެފްކޮންސް ކުންފުންޏާއި އެހެން ބައެއް އެސެޓްތައް ވިއްކާލައިގެން ބިލިއަނަރު ޝަޕޫރު މިސްޓްރީއަށް 2 ބިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެއެވެ.
އެފްކޮންސްއިން އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން މަޝްރޫއުތައް ކުރިއަށްގެންދާއިރު، މިހާރުވެސް 25 ގައުމެއްގައި އެކިއެކި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އެހެންކަމުން ކުންފުނި ވިއްކާލައިފިނަމަ މަޝްރޫއުތައް ކުރިއަށްދާ ދުވެއްޔަށް އަސަރުކުރާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު