އެމްއެންޑީއެފްގެ މެރިންކޯގެ އަސާސީ ތަމްރީނު ކޯހުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވަނީ މެރިންކޯގެ ތަމްރީންތައް ބައްލަވާލައްވާފައެވެ.

ޝަމާލު ވިދާޅުވީ މިއީ މެރިންކޯގެ އަސާސީ ތަމްރީނު ކޯހުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވި ފަހަރުކަމުން، މިއީ ތާރީހީ ކޯހެއްކަމަށެވެ. ޝަމާލް ވިދާޅުވީ މި ކޯހުގައި 3 އަންހެން ސިފައިން ބައިވެރިވާކަމަށެވެ.



މޭޖަރ ޖެނެރަލް ޝަމާލް މިއަދު ވަނި މެރިންކޯގެ ކޯހުގައި ކުރިއަށްދިޔަ އެންމެ ފަހު ތަމްރީން ހަރަކާތް ބައްލަވާލައްވާފައެވެ.

ޝަމާލު އަރިހުގައި، އެމްއެންޑީއެފްގެ އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު