އަންނަ ހޮނިހިރު ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރާނީ ބޮޑު ތަފާތަކުންކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ވަރުގަދަ ކެމްޕެއިނެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައިސް ސާލިހު އިއްޔެ ވަނީ ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުޅި، ގުރައިދޫ އަދި މާފުއްޓަށް ކެމްޕެއިން ދަތުރުފުޅެެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި ރައީސް ސާލިހު އަރިހުގައި މިނިސްޓަރ ޝާހިދުވެސް ގުރައިދޫއަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ދަތުރުފުޅާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރާނެކަމަށެވެ. އަދި އިންތިހާބު ކާމިޔާބުކުރާނީ ބޮޑު ތަފާތަކުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ރައީސް ސާލިހު ގުރައިދޫ ދާއިރާގެ 3 ރަށަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި، ކުރިއަށް ހުރި މަޝްރޫއުތަކާއި ގުޅޭގޮތުން އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ހޮނިހިރު ދުވަހު އޮންނައިރު، އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި އެމްއެންޕީން އިންތިހާބުގައި ވާދަކުރެއެވެ.

Am accompanying President @ibusolih on his travel to campaign for MDP candidate @shaaxibrahim in by-election for K.Guraidhoo constituency. Our first stop is Kaafu Gulhi:
— Abdulla Shahid (@abdulla_shahid) April 10, 2023
With Allah (SWT)'s blessing, @MDPSecretariat will win by a large margin
✔️#VoteShaax 2⃣ pic.twitter.com/ZAuHZKXqqN
ދަތުރުފުޅާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރާނެކަމަށެވެ. އަދި އިންތިހާބު ކާމިޔާބުކުރާނީ ބޮޑު ތަފާތަކުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ރައީސް ސާލިހު ގުރައިދޫ ދާއިރާގެ 3 ރަށަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި، ކުރިއަށް ހުރި މަޝްރޫއުތަކާއި ގުޅޭގޮތުން އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ހޮނިހިރު ދުވަހު އޮންނައިރު، އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި އެމްއެންޕީން އިންތިހާބުގައި ވާދަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު