ކޮވިޑް-19 އަށް ޓެސްޓްކުރަން ބޭނުންކުރާ ޕީސީއާރް އަދި އެކްސްޓްރެކްޝަން މެޝިނެއް ހެލްތް މިނިސްޓްރީން ގައުމީ ޔުނިވާސިޓީއަށް މިއަދު ހަދިޔާކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ. އަދި މި ތަކެއްޗާއި ގައުމީ ޔުނިވަރސިޓީއިން ހަވާލުވެ ވަޑައިގެންނެވީ ޑީން، ފެކަލްޓީ އޮފް ހެލްތު ސައިންސަސް ޑރ. އައިޝަތު ސަނޫރާ އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް މީހުން ބިނާ ކުރުމަށް ގައުމީ ޔުނިވަރސިޓީން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މި މެޝިންތައް ހަދިޔާކުރީ ކޮވިޑް-19 ގެ ތަޖުރިބާއަށް ބަލާ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުން އަދާ ކުރި މުހިއްމު ދައުރު ފާހަގަކޮށް އިތުރަށް މިދާއިރާ ހަރުދަނާކުރުމުގެ ގޮތުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ފަހަކަށް އައިސް މާލެ އިން ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފުތާގައި އެކަނި ވެސް 80 މީހުން އެބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު